މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލުން އެރަށުގެ ރައްޔިތުންނަށް ބަކަރި ގެންގުޅުމަށްޓަކައި ބިންދޫކޮށްފިިއެވެ ޅައިމަގުކައުންސިލުން ވިދާޅުވާ ގޮތުގައި މިކަމަށް ހުށައެޅި ފަރާތްތަކުގެތެރެއިން ތިންފަރާތަކަށް މިފަހަރު ބިންދޫކުރެވުނެވެ. ބާރަސަތޭކަ އަކަފޫޓްގެ މިބިންތަކަކީ ދިހަ އަހަރު ދުވަހުގެ މުއްދަތަށް މަހަކު އަކަފޫޓަކަށް 20 ލާރީގެ ރޭޓުން ދޫކުރެވިފައިވާ ބިންތަކެއްކަމަށް ޅައިމަގުކައުންސިލުން ވިދާޅުވިއެވެ. މީގެ ކުރިންވެސް ތަފާތު ފަސްފަރާތަކަށް ގެރިބަކަރި ގެންގުޅުމަށް ބިންދޫކޮށްފައިވާއިރު ޅައިމަގު ކައުންސިލުން އިތުރު ބިންދޫކުރުމަށް ނިންމާ، ބިންދޫކޮށްފައިމިވަނީ މިކަމުގެ ފައިދާ ރަށުގެ ރައްޔިތުންނަށް ލިބޭ މިންވަރު އިތުރުކުރުމުގެ ބޭނުމުގައި ކަމަށް ޅައިމަގު ކައުންސިލުން ވިދާޅުވެއެވެ. ގެރިބަކަރި ގެންގުޅުމަށް ބިންދޫކުރުމުގެ އިތުރުން ދަނޑުވެރިކަމަށް ބިން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތުވެސް މިހާރު ހުޅުވާލެވިފައިވާކަމަށް ޅައިމަގު ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަހާސް އަކަފޫޓްގެ ބިންތަކެއްކަމަށް ޅައިމަގު ކައުންސިލުން މައުލޫމާތުދެއްވައެވެ.