ކުޅިވަރު

ފްރާންސް މެޗުގައި ކަވާނީއަށް ނުކުޅެވޭނެ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މާދަމާ ރޭ ފްރާންސާ ދެކޮޅަށް އުރުގުއޭގެ ފޯވަޑް އެޑިންސަން ކަވާނީ އަށް ނުކުޅެވޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ޓީމުގެ އެންމެ މުހިންމު ފޯވަޑުގެ ކުޑަކަޅުވާ އަށް ވަނީ ހާނިއްކަވެފަ އެވެ. އުރުގުއޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އިއްޔެގެ ޕްރެކްޓިހުގައި ކަވާނީ ބައިވެރިނުވާކަން ޔަގީންކޮށްދިނުމަށް ފޮޓޯއެއް ވެސް އާއްމުކޮށްފަ އެވެ.
އޭނާ އަށް ނުކުޅެވޭނެކަން ޔަގީންވީ ޑޮކްޓަރަށް ދައްކާފައި ހެދި ޓެސްޓްތަކުންނެވެ.

ކަވާނީ އަށް ނުކުޅެވިއްޖެނަމަ އެ މަގާމަށް ކޯޗު އޮސްކާ ޓަބަރޭޒް ކުޅުވާނީ ގިނޯރާގެ ފޯވަޑް ފޯވަޑް ކްރިސްޓިއަން ސްޓުއާނީ އެވެ. އޭނާ ވަނީ ޕޯޗުގްލް ކޮޅަށް ދެ ގޯލު ޖަހާފަ އެވެ.