ކުރަތްޕޭކޭ ބުނާއިރަށް ބިރުން ހަޅޭއް ލަވައިގަންނަ މީހުން މަދެއް ނުވާނެ. އަދި ގައިގައި ހުރި ބާރެއް ލާފައި ދުއްވައިގަންނަ މީހުންވެސް މަދެއް ނުވާނެ. އެހެންނަމަވެސް މި ސޫޕި އުފައްދަވާފައިވާގޮތާއި މެދު ކުޑަ ވަގުތުކޮޅަކަށްވެސް ބަލައިލައިފިނަމަ މިއީ އަޖައިބުކުރުވަނަވި އެތަށް ކަމެއް އެކުލެވިގެންވާ ސޫތްޕެކެވެ. އެގޮތުން މި ސޫފި އުދުހޭ ގޮތާއި އެއްޗެއްސާއި ދިމާއަށް ދާގޮތަކީ އެހެންހުރިހާ ސޫފިސޫތްޕާއި ތަފާތު ވައްޓަފާޅިއެއް ގެންގުޅޭ ސޫތްޕެއްކަން އެނގިގެންދާނެއެވެ.
ދުނިޔޭގައި ޑައިނަސޯރ އުޅުން ޒަމާނުއްސުރެ މިއަދާއިހަމައަށް އެންމެ ކުޑަ ބަދަލަކާއި އެކު ފެންނަންހުރިކަމަށް ބުނާ ސޫފިކަމަށް ބުނާ ކުރަތްޕަކީ މިއަދުގެ ސައިންސުވެރިން ރޮބޮސިސްޓްސް އޭގެ ސިފަތަކަށް ބިނާކޮށް އެންމެ ފަހުގެ ރޮބޮޓުތަށް ބިނާކުރާ އެއްޗެކެވެ. އެގޮތުން ކޮންމެ ތާކުވެސް އުޅެވޭ އަވަސް މި ސޫފީގެ ސިފަތަށް ނަކަލުކޮށް ނެކްސްޓް ޖެނެރޭޝަން ލައިފް ސޭވިގް ރޮބޮޓެއް ހެދުމަށް މަސައްކަތްކުރަމުންދެއެވެ.
އެގޮތުން މި ސޫފީގެ މި ސިފަތަށް ގާތުން ދިރާސާކޮށް ބެލެމަށްޓަކައި މި ސައިންސްވެރިން ކުރަފި ފޮއްޓަކަށް ލުމަށްފަހު އަމަލުކުރާގޮތް ގާތުން ސްލޯ މޯޝަންގައި ބަލުމުގެ މަސައްކަތް ފެށިއެވެ.
"އަހަރެމެންނަށް ފާހަގަވިގޮތުގައި ކުރަފި އޭތި ދުވާ ބާރު މިނުގައިގޮސް ފާރުގަ ހަމަ ބާރަށް ޖެހިގަނެ ކޮލައިޑް ވަނީ. އަދި މިހުރިހާ ވަގިތެއްގައި އެއްވެސް ހުއްޓުމެއްނެތި ކުރަފީގެ ފައި ތަޅުވާކަންވެސް ފާހަގަވި. އަދި މި ހުރި ބާރުމިނާއި އެކު ކުރަފި އަސްލު ފާރުތަކަށް އަރާ އުޅެނީ.ޔުނިވަރސިޓީ އޮފް ކެލެފޯރނިއާރ ބަރކްލީގެ ލީޑް ރިސާރޗަރ ކޯޝިކް ޖޭރާމް
މި ކަންކަން ރަނގަޅަށް ކައިރިން ބެލުމަށްފަހު ޔުނިވަރސިޓީ އޮފް ކެލެފޯރނިއާރ ބަރކްލީގެ ލީޑް ރިސާރޗަރ ކޯޝިކް ޖޭރާމް އާއި އޭނާގެ ޓީމް މަސައްކަތްފެށީ ކުރަފީގެ އުޅުން ނަކަލުކުރެވޭފަދަ ރޮބޮޓެއް ހެދުމަށް. އެގޮތުން ކުރަތްޕެއް ފަދައިން ހަ ފައިލީ އާންމުކޮށް ހަދާ ރޮބޮޓުތަކަށްވުރެ އެތެރެ ފަށަލަ މަޑު ނުވަތަ ފަސޭހައިން ހެލިފެލި ކުރުވާ ރޮބޮޓެއް ޖޭރާމްމެންގެ ޓީމުން އުފެއްދިއެވެ.
ޖޭރާމްމެންގެ މި ރޮބޮޓު އޭގެ ދުވުމުގެ ބާރުމިނުގައި އައިސް ކުރަތްޕެއްހެން ފުރަތަމަ ފާރަށް ޖެހިގަނޭ. އަދި ދެ ފައި ތަޅުވައި ދުއްވުމުގެ ސަބަބުން ލިބިފައިހުރި މޮމެންޓަމް ބޭނުންކޮށްގެން ފާރަށް އަރާ. އެގޮތުން ކުރަފީގެ ފައިތަށް ގޮތަށް ، ރޮބޮޓުގައި ހަދާފައިވާ ފައި ތަކަކުން ފާރުގައި ތަތްކޮށްލައިގެން މިފައިތަކުގެ ބޭނުން ކޮށް މި ރޮބޮޓު ފާރަށް އަރައެވެ. އަދި މި ރޮބޮޓުގެ ބައިތަށް ފަރުމާކޮއްފައިވާ ގޮތުގެ ސަބަބުން އެއްވެސް އުދަގުލަކާއި ނުލާ އެއްވެސް ސެންސަރެއްގެ މަދަދަކާއި ނުލާ މިސްރާބު ބަދަލުކޮއްލުމުގެ ޤާބިލުކަން މި ރޮބޮޓަށް ލިބިގެންވެއެވެ. މިގޮތަށް މިސްރާބު ބަދަލުކޮއްލުމުގެ ޤާބިލުކަން ލިބިފައިވުމުން މިއީ ކުރިމަގުގައި ވަރަށް ކާމިޔާބު ރޮބޮޓަކަށް ވުމުގެ ޤާބިލުކަން ލިބިގެންވާ ރޮބޮޓަކަށް ވެގެންދާނެކަމަށް ސައިންސްވެރިން ބުނެއެވެ.
ސެންސަރު ހުންނަ ރޮބޮޓްތަކުން ޕްރޮސެސް ކުރުމަށް ގިނަ ވަގުތު ބޭނުންވާއިރު މި ރޮބިޓަކީ ވަގުތުން ވަގުތަށް އެއްވެސް ހުއްޓުމެއްނެތި މިސްރާބު ބަދަލުކޮއްލުމުގެ ޤާބިލުކަން ލިބިފައިވާ ރޮބޮޓަކަށްވާތީ، ނުރައްކާތެރި އަދި އަވަސް އެހީ ބޭނުންވާ ޙާލަތްތަކުގައި މި ރޮބޮޓުގެ ބޭނުން އިތުރުވެގެންދާނެކަން ޔަޤީނެވެ.
"އަސްލު ވިސްނާލަންޖެހޭ ރޮބޮޓެއް ބޭނުންކުރާއިރު އެ ރޮބޮޓަކީ ބިންމަތީގައި ދުވެވޭ، ފާރުތަށްމަތިން އެރޭ، އެއްޗެހި މަތިން ގިރާކުރެވޭ، އަދި ހަނި ތަންތަނަށް ވަދެވޭ އެއްޗެއް ބިނާކުރުމަށް. އެހެންކަމުން އަހަރެމެން ވަރަށް ބޭނުންވީ އެއްކަމަށްވުރެ ގިނަ ކަންކަންކުރެވޭ ރޮބޮޓެއް އަސްލު ބޭނުންވަނީ.ޔުނިވަރސިޓީ އޮފް ކެލެފޯރނިއާރ ބަރކްލީގެ ލީޑް ރިސާރޗަރ ކޯޝިކް ޖޭރާމް
ކުރަތްޕަކީ މީހުން ނުރުހޭ ސޫތްޕަކަށްވެފައިވީނަމަވެސް، މިއަދު ސައިންސްވެރިން ގެ ސަމާލުކަން ހުއްޓި ބައެއް ސައިންސްވެރިންގެ ނަޒަރުގައި މިސޫފި މަޤްބޫލުވެގެން ދިޔުމުގެ އާޚިރު ނަތީޖާއަކީ ޒަމާނީ ޓެކްނޮލޮޖީގައި ގައިވެސް ކުރަތްޕަށްމަޤާމެއް ލިބިގެންދިއުމެވެ. އަދި ވަކިން ޚާއްސަކޮށް ރޮބޮސިސްޓުންނަށް މިއީ މާދަމާގެ ކުރިމަގު ކަމުގައި އުފައްދާ ރޮބޮޓްތަކުގެ އިންސްޕިރޭޝަންކަމުގައި ވެގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ،