ތަރައްްޤީ

މާފަންނު ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި


މާފަންނު ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

ހިތްވަރު ނަމަކަށް ކިޔާ މި ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ވަނީ މާގިނައިރު ތަކެއް ނުވެ ނިއްވާލާފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ޙާދިސާ ހިނގި ގެއަކީ ބިދޭސީން ދިރިއުޅެމުންދާ ގެއެކެވެ. މި ހާދިސާ ހިނގި ވަގުތު އެ ގޭގައި އެއްވެސް މީހަކު ނެތްކަމަށް މަޢުލޫމާތު ލިބެއެވެ.

މިޙާދިސާއާގުޅިގެން އެސަރަޙައްދުގެ ބައެއް ގޭގެއިން ސިފައިން ވަނީ މީހުން ހުސްކޮށް ސަރަހައްދު ބަންދުވެސް ކޮށްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިންވާލެވިފައިވާ ކަމަށެވެ.