އިންޑިއާގެ ޓެމިލްނާޑޫގެ ޗެންނާއީއަށް ދާދި ފަހުން
ކުރި ވިއްސާރައާއި ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކަށް ފަހު އެރަށް ސާފުކުރަން
ފަށައިފިއެވެ.
ފެން ބޮޑުވުމުގެ ސަބަބުން ޗެންނާއީގެ 280 މީހުން
މަރުވެފައިވާ ކަމަށް އިންޑިއާ އޮފިޝަލުން މަޢުލޫމާތުދެއެވެ. ވިއްސާރައަށް ފަހު ފެންބޮޑުވި ސަރަހައްދުތަކުން
ފެންތައް މަޑުމަޑުން ހިނދެމުންދާ އިރު، ގިނަ ކުނި ބުނި މަގުތަކަށް އެއްވެ ޗެންނާއީގެ
ގިނަ ސަރަހައްދުތަކެއް ވަނީ ސާފުކުރަން ޖެހިފައެވެ.
ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް
އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ
މިމަސައްކަތުގައި އިންޑިއާ ސިފައިންވެސް ހަރަކާތްތެރިވަމުންދާ ކަމަށް އިންޑިއާ
ސަރުކާރުން މަޢުލޫމާތުދެއެވެ.
އިންޑިއާގެ ޗެންނާއީއަށް ކުރި މި ވިއްސާރައަކީ
ފާއިތުވި 100 އަހަރު ކުރި އެންމެ ގެއްލުން ބޮޑު ވިއްސާރަ ކަމަށާ މިއީ މޫސުމަށް
އަންނަމުންދާ ބަދަލުތަކުގެ ނަތީޖާ ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެއެވެ.