ޚަބަރު

ކުރީގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފްގެ މައްސަލަ ޕީޖީއަށް


މިނިވަން ފަންސާހުގެ ޖާފަތުގެ މައްސަލާގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޙުސެއިން ޝަރީފްގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.ރަސްމީ  ޖަފާތާއި ގުޅިގެން މުޙައްމަދު  ޙުސެއިން ޝަރީފްގެ މައްޗަށް ދައުވާކުރަން ފޮނުވި ނަމަވެސް އެ މައްސަލާއާއި ބެހޭ އެއްވެސް ތަފްސީލެއް އެސީސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވޭ. އެހެންމަވެސް އެ މައްސަލައިގައި މުޙައްމަދު ޙުސެއިން ޝަރީފްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ހުށައަޅާފައިވާކަން ޕީޖީ އޮފީހުން ކަށަވަރުކޮށްދެއެވެ.ރައީސް އޮފީހުގެ މިނިސްޓަރކަމުގެ މަގާމުން މުޙައްމަދު ޙުސެއިން ޝަރީފް އިސްތިއުފާ ދެއްވާފައިވަނީ އެނާ ގޭގައި މަޑުކުރައްވަން މިދިޔަ އޮކްޓޯބަރ މަހުގެ ބާވީސް ވަނަދުވަހު ރައީސް ޢަބްދުﷲ ޔަމީން އެންގުވުމުންނެވެ.މިނިވަން ރަންޔޫބީލްއާއި ގުޅިގެން ބޭއްވި ރަސްމީ ޖާފަތް ކަމުނުގޮސްގެން ފާޑިކިޔުންތައް އަމާޒުވެފައިވެއެވެ.މިނިވަން ފަންސާހުގެ ރަސްމީ ޖާފަތުގެ ކެއުމުގެ ކަންކަން ތިނެއް ޕޮއިންޓް ހަތެއް މިލިޔަން ރުފިޔާއަށް ސަރުކާރުން ހަވާލްކުރީ ނިއު ޕޯރޓްއާއެވެ. އެހެންމަވެސް ސްރީލަންކާގެ ރައީސާއި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިން ބައިވެރިވި ޖާފަތުގެ ފެންވަރު ދަށްވެ ކާތަކެތި ލިބުން ލަސްވުން ފަދަ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ.