ޚަބަރު

އަދީބުގެ އެޕާޓްމެންޓެއްގައި ފިސްތޯލަ ގެންގުޅު މައްސަލަ ބަލަނީ


ނާއިބް ރައީސް އަހުމަދު އަދީބް
ދިރިއުޅުއްވާ އެޕާޓްމަންޓްގައި ފިސްތޯލަ ގެންގުޅުއްވާކަމަށް ފުލުހުންނަށް
ލިބިފައިވާ މައުލޫމާތު ތަކަކާއި އަދި ފުލުހުންގެ ބައެއް ފަރާތްތަކަށް ރިޝްވަތު
ދީފައިވާކަމަށް ފުލުހުންގެތެރެއިން ލިބިފައިވާ މައުލޫމާތުތަކެއް ތަހްގީގު ކުރަމުންދާކަމަށް
މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ. 



ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން
ކޮމާންޑްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު މީޑިއާއާއި
ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ދެމައްސަލައިގެ ތަހްގީގު މިހާރު ނިމުމަކާއި
ހަމައަށް ގޮސްފައިވާ ކަމަށާއި ދެދުވަހެއްގެތެރޭގައި ދައުވާކުރުމަށްޓަކައި ޕީޖީގެ
އޮފީހަށް ފޮނުވޭނެކަމަށެވެ. 



އޭނާ ވިދާޅުވީ ނާއިބު ރައީސް އަހުމަދު
އަދީބް ފުލުހުންގެ އިސްވެރިންތަކެއްގެ މައްޗަށް ނުފޫޒު ފޯރުވާފައިވާކަން
ތަހްގީގަށް ހާމަވެފައިވާކަމަށާއި ރޭގަނޑުގެ ވަގުތެއްގައި ނާއިބް ރައީސްގެ
އެޕާޓްމަންޓަށް ފުލުހުންގެ އެބޭފުޅުން ވެދެވަޑައިގަންނަވާ މަންޒަރު
ފެނިފައިވާކަމަށެވެ. 



ރައީސުލްޖުމްހޫރިއްޔާވަނީ ފުލުހުންގެ
އެންމެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން އެމަގާމުތަކުން ވަކިކުރައްވާފައެވެ.