ޚަބަރު

ފުލުހުންގެ ބައެއް ޑިޕާރޓްމަންޓުތަކުގެ ވެރިން ބަދަލުކޮށްފި


ފުލުހުންގެ މުއައްސަސާގެ
ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން ފުލުހުންގެ ބައެއް ކޮމާންޑް ތަކާ
ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތައް ހިންގަވާ އޮފިސަރުންނަށް ބަދަލު ގެންނަވައިފިއެވެ.



ފުލުހުން ރައްޔިތުންނަށް
ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކޮށް ރައްޔިތުންގެ އިތުބާރާ ޔަޤީންކަން
އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު މި ބަދަލު ގެންނަވާފައިވަނީ
މޯލްޑިވްސް ޕޮލިސް ސާވިސް ހިންގެވުމާ ޙަވާލުވެ ވަޑައިގެންނެވި ޑެޕިއުޓީ ކޮމިޝަނަރ
އޮފް ޕޮލިސް އަޙްމަދު ޢަރީފް އެވެ. މިގޮތުން ގެންނަވާފައިވާ ބަދަލުތަކަކީ، ހެޑް އޮފް
ކޮމިޝަނާސް ބިއުރޯގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް
މައްނާނު ޔޫސުފް، ހެޑް އޮފް އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
ޑައިރެކްޓްރޭޓުގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ހެޑް އޮފް
ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް
ޢަލީ ޝުޖާޢު، ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ މަޤާމަށް ސުޕްރިންޓެންޑެންޓް
އޮފް ޕޮލިސް މޫސާ ޢަލީ، ހެޑް އޮފް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ
މަޤާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު. 

 މީގެ އިތުރުން ސްޓްރެޓިޖިކް އެންޑް ލީގަލް
ޑިޕާޓްމަންޓަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވަނީ ހަމަޖައްސަވާފައެވެ.