އެމެރިކާގެ އައު ރައީސް ޖޯ ބައިޑަންގެ ސަރުކާރާއެކު ރާއްޖެއާ އެމެރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް އުންމީދުކުރައްވާކަމަށާ، އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ވަނީ އެމެރިކާގެ އައު ރައީސަށާއި ނައިބު ރައީސަށް ތަހްނިޔާ ވިދާޅުވެފައެވެ.
އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަންއާއި، 49ވަނަ ނާއިބު ރައީސް ކަމަލާ ހެރިސް މަޤާމުގެ ހުވާކުރެއްވުމުން އެދެބޭފުޅުނަށްނަށް ތަހްނިޔާ ވިދާޅުވެ ރައިސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ ރާއްޖެއާއި އެމެރިކާއަކީ ގާތް ރަހުމަތްތެރި ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ބައިޑެންގެ ސަރުކާރާއެކު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
Congratulations to Pres. @JoeBiden and VP @KamalaHarris on their inauguration respectively as the 46th President and 49th Vice Pres. of the US.
— Ibrahim Mohamed Solih (@ibusolih) January 20, 2021
Maldives and US are friends and partners and we look forward to working with you to grow our friendship and further our shared values.
އެމެރިކާގެ 46ވަނަ ރައީސްގެ ގޮތުގައި އެޤައުމުގެ ވެރިކަމަށް އިންތިޚާބު ވެވަޑައިގެންނެވި ޖޯ ބައިޑަން މަޤާމުގެ ހުވައި ކުރެއްވީ ވެރިރަށް ވޮޝިންޓަންގައި ހުންނަ ކެޕިޓޮލް އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ނާއިބު ރައީސްކަމުގެ ހުވާކުރެއްވީ، އެމެރިކާގެ ތާރީޚުގައި އެގައުމުގެ ނާއިބުރައީސްކަން ކުރައްވާ އެންމެ ފުރަތަމަ އަންހެން ބޭފުޅާ ކަމާލާ ހެރިސްއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް ޑޮނަލްޑް ޓްރަންޕާ ވާދަކުރައްވައި ބައިޑަންވަނީ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވާފައެވެ.