އަތޮޅުތައް

އައްޑޫ ސިޓީ މަގުތަކުގައި ޓްރެފިކް ސައިން ކުރަހަން ފަށައިފި


އަައްޑޫގެ މަގުތައް
އަމާން މަގުތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން، މަގުތަކުގައި ޓްރެފިކާއި ގުޅޭ ސައިންގތައް
ކުރަހަން ފަށައިފިއެވެ.



މިކަމަށްޓަކައި ބޭއްވި ހަފުލާގައި އައްޑޫ ސިޓީގެ ކައުންސިލާއި އައްޑޫގައި ހުންނަ ހައުސިންގ މިނިސްޓްރީގެ ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމަންޓާއި
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ފުލުހުންގެ އިސްވެރިންނާއި
މުވައްޒަފުން ބައިވެރިވި ވެފައިވެއެވެ.



އައްޑޫގެ
މަގުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވައި، އައްޑޫ ސިޓީގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތުގެ ދަށުން މަގުތަކުގައި ސައިންތައް ކުރަހައި، ހުންނަން ޖެހޭ ސައިން ބޯޑްތައް ވެސް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.