ޚަބަރު

ފެނާއި ނަރުދަމާގެ 1.3ބިލިއަން ރުފިޔާގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފި


15ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި، 5 ރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ)އާއި ހަވާލުކޮށްފިއެވެ. މިމަޝްރޫޢުތަކަށް 1.3ބިލިއަން ރުފިޔާގެ ހޭދަވާނެއެވެ.

މި20ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

މަސައްކަތް ކުރިއަށްގެންދާ ރަށްތަކާއި އަގުތައް:

  • އއ.ފެރިދޫގެ ފެނާއި ނަރުދަމާ: 69.3 މިލިއަން ރުފިޔާ
  • އއ.ހިމަންދޫގެ ފެނާއި ނަރުދަމާ: 65.8 މިލިއަން ރުފިޔާ
  • ބ.ކަމަދޫގެ ފެނާއި ނަރުދަމާ: 56.6 މިލިއަން ރުފިޔާ
  • ބ.މާޅޮހުގެ ފެނާއި ނަރުދަމާ: 60.4 މިލިއަން ރުފިޔާ
  • ހއ.މާރަންދޫގެ ފެނާއި ނަރުދަމާ: 72.8 މިލިއަން ރުފިޔާ
  • ހއ.ތަކަންދޫގެ ފެނާއި ނަރުދަމާ: 76.7 މިލިއަން ރުފިޔާ
  • ހއ.ވަށަފަރުގެ ފެނާއި ނަރުދަމާ: 78.9 މިލިއަން ރުފިޔާ
  • ހދ.ހިރިމަރަދޫގެ ފެނާއި ނަރުދަމާ: 69.1 މލިއަން ރުފިޔާ
  • ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ: 102 މިލިއަން ރުފިޔާ
  • ބ.ގޮއިދޫގެ ފެނާއި ނަރުދަމާ: 86 މިލިއަން ރުފިޔާ
  • ނ.މާފަރު ފެނާއި ނަރުދަމާ: 94.4 މިލިއަން ރުފިޔާ
  • ނ.ފޮއްދޫގެ ފެނާއި ނަރުދަމާ: 58.1 މިލިއަން ރުފިޔާ
  • ރ.ފައިނުގެ ފެނާއި ނަރުދަމާ: 63.3 މިލިއަން ރުފިޔާ
  • ޅ.އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ: 80 މިލިއަން ރުފިޔާ
  • އދ.ކުނބުރުދޫގެ ފެނާއި ނަރުދަލާ: 45 މިލިއަން ރުފިޔާ
  • އއ.މަތިވެރީގެ ފެނުގެ ނިޒާމް: 38.8 މިލިއަން ރުފިޔާ
  • ހއ.މުރައިދޫގެ ފެނުގެ ނިޒާމް: 46.8 މިލިއަން ރުފިޔާ
  • ށ.ފީވަކުގެ ފެނުގެ ނިޒާމް: 49.6 މިލިއަން ރުފިޔާ
  • ނ.ހެނބަދޫގެ ފެނުގެ ނިޒާމް: 41.3 މިލިއަން ރުފިޔާ
  • ރ.އިންނަމާދޫގެ ފެނުގެ ނިޒާމް: 50.7 މިލިއަން ރުފިޔާ.


20ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤްއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއެވެ.

ފެނާއި ނަރުދަމާގެ މި މަޝްރޫޢުތަކަށް 1.3ބިލިއަން ރުފިޔާ ހޭދަވާނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ޢަމަލީ މަސައްކަތަށް ކޮންޓްރެކްޓަރުން ނެގުމުގައި ދިވެހި ކުންފުނިތަކަށާއި، ވީހާވެސް ބޮޑަށް ދިވެހިން ޙިއްސާވާގޮތަށް މަސައްކަތް ބައްޓަންކުރައްވާނެކަމަށެވެ.

"ލޯކަލް ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކުރާނީ. 2ގޮތަކަށް މަސައްކަތް ގެންދެވިދާނެ. އެއީ ލޯކަލް ކޮންޓްރެކްޓަރުންނަށް މެޝިނަރީއާއި އިކުއިޕްމަންޓް އަދި ލޭބަރުން ހޯދުމަށް ހުޅުވާލުން. ދެވަނަ ގޮތަކީ ކޮންމެ ރަށެއްގައި އަޅުގަނޑުމެންގެ ސްޓާފުން ބަހައްޓައިގެން އެރަށްރަށުން މީހުން ނަގައިގެން މަސައްކަތް ގެންދިއުން." ހަސަން ޝާހު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމުމަށެވެ. އަދި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް 15 މަސްދުވަހުން ނިންމަންޖެހެއެވެ.

މި މަސައްކަތުގައި ފެނާއި ނަރުދަމާގެ ވިއުގަ ޤާއިމުކުރުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، ނަރުދަމާ ޕަމްޕް ސްޓޭޝަން ބެހެއްޓުމާއި، ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.