ޚަބަރު

ތަންތަނަށް ގެއްލުންދޭން ހިތްވަރުދިން މީހަކު ހައްޔަރުކޮށްފި


ތަންތަނަށް ގެއްލުންދޭން ހިތްވަރުދީ އެކަމަށް ގޮވާލި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މީހަކު ޙައްޔަރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައިގެ ތުހުމަތުގައިކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިިވަނީ، ހއ. ބާރަށް، ކުއްޅަވައްގޭ، އުމުރުން 25 އަހަރުގެ ޢަލީ ޖުމާންއެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.