މެކް ޑޮަނާލްސްޑްސްގެ މިދިޔަ ކުއާޓާގެ ފައިދާ އިތުރުވެ އަންނަ އަހަރު ކުންފުނީގެ ފުރަތަަމަ "މެކް ޕްލާންޓް" ލައިނެއް ހުޅުވަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މެކްޑޮނާލްޑްސްއަށް މިއަހަރުގެ ތިންވަނަ ކުއާޓާގެ ފައިދާ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު ވަނީ 6.7 އިންސައްތަ އިތުރުވެފައެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ބާރގަރ ޗެއިން، މެކް ޑޮނާލްސްޑްސްއިން ވަނީ ކޯވިޑްގެ ސަބަބުން ހުރިހާ އައުޓްލެޓްތަކެއްހެން ބަންދުކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނެވެ.
ކޯވިޑްގެ ސަބަބުން އުދަނގޫ ދުވަސްތަކެއް ކަޑައްތުކުރުމަށްފަހު މިހާރު ކުންފުންޏަށް ވަމުންދާ ގެއްލުން ކުޑަވާން ފަށާފައިވާކަން މެކް ޑޮނާލްސްޑްސްއިން ވަނީ ބުނެފައެެވެ. އެގޮތުން ކޯވިޑްގެ ކުރިއާއި އަޅާބަލާއިރު ތިން ވަނަ ކުއާޓާގައި ގްލޯބަލް ސޭލްސްއަށް ކުރި އަސަރު 2 އިންސައްތައަށް ކުޑަކުރެވިފައިވާކަމަށް މެކް ޑޮަނަލްސްޑްސްއިން ބުނެއެވެ. މި ސަބަބަށްޓަކައި ކުރިން މަޑުޖައްސާލާފައިވާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް މެކް ޑޮނާލްސްޑްސްއިން ވަނީ ނިންމާފައެެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި މެކް ޑޮނާލްސްޑްސްގެ އެންމެ ފުރަތަމަ ޕްލާންޑް ބޭސްޑް މީޓް އަލްޓަނޭޓިވް ލައިން ނުވަތަ ގަސްގަހީގެ އެކި ބައިތައް ހިމަނައިގެން ބާގާގެ މަސްގަނޑު ތައްޔާރުކުރާ ޕްލާންޓް ހުޅުވާނެކަން ވަނީ ހާމަކޮށްފައެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި މިހާރުގެ ޓްރެންޑަށް ބެލުމަށްފަހު މެކް ޑޮަނާލްސްޑްސްއިން ނިންމި މި ނިންމުމުގެ ސަބަބުން ޖަނަވާރުގެ މަހުން އުފައްދާ މީޓްގެ ބަދަލުގައި ވެރައިޓީ އިތުރުވެ ތިމާވެއްޓަށްކުރާ ގެއްލުން ކުޑަވާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މެކް ޑޮނާލްސްޑްސްއިން މި ޕްލާންޓް އުފައްދަނީ ޕްލާންޑް ބޭސްޑް މީޓް އަލްޓަނޭޓިވް ލައިން ވިޔަފާރީގައި މިހާރު އެންމެ ކުރީގައި އުޅޭ ބިޔޮންޑް މީޓް ކުންފުންޏާއި ގުޅިގެންނެވެ.
މި ޕްލާންޓް އުފެއްދުމުގެ ކުރިން މިފަދަ މަހުގެ ވިޔަފާރީގެ އަޖުމަ ބެލުމަށް މެކް ޑޮަނަލްސްޑްސްގެ 100 އައުޓްލެޓެއްގައި މިތަކެތީގެ އުފެއްދުންތައް ވަނީ ވިއްކާފައެވެ.
މެކް ޑޮނަލްސްޑްސްގެ އައު ލައިނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުންފުނީގެ ސީއީއޯ ކްރިސް ކެމްޕްޒިންކީ ވަނީ ޕްލާންޑް ބޭސްޑް މީޓް އަލްޓަނޭޓިވް ލައިންއެއް އުފެއްދުމަކީ ގިނަ ދިރާސާތަކެއް ކުރަންޖެހުނުކަމެއްކަމަށް ވިދާޅުވެފައެެވެ. މި ވިޔަފާރިއަކީ ވާދަވެރި އެހެން ކުންފުނިތަކުން މިހާރު ފަށާފައިވާ ވިޔަފާރިއެއްކަމުން ކަސްޓަމަރުންނަށް ކަމުދާނެފަދަ ކޮލެޓީ އުފެއްދުންތަކެއް އުފެއްދުމަށް ދުވަސްތަކެއް ނެގިކަމަށް ކްރިސް ވިދާޅުވިއެވެ.
މެކްޑޮނަލްޑްސްއިން ބުނީ އެ ކުންފުނީގެ މެކް ޕްލާންޓްލައިނުން ބާގާއާއި، ސޭންޑްވިޗް އަދި ބްރެކްފާސްޓަށް ޚާއްސަ ޕްލާންޑް ބޭސްޑް މީޓްގެ އުފެއްދުންތައް އަންނަ އަހަރު ރަސްމީކޮށް ތަޢާރަފްކުރާނެކަމަށެވެ.