ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މަޤާމުން އިސްތިއުފާދެއްވައިފި


ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މުސްޠަފާ މަޤާމުން އިސްތިއުފާދެއްވައިފިއެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އޭނާ އިސްތިއުފާދެއްވާފައިވަނީ ޓްރައިބިއުނަލްގެ އެތެރޭގެ މައްސަލަތަކަކާއި ގުޅިގެންކަމަށާއި، ޕްރޮފެޝަނަލްކޮށް ޓްރައިބިއުނަލްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ދަތިތަކެއް ހުރިކަމަށް ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސްކަން ކުރިން އަދާކުރެއްވި އަމްޖަދު މުސްޠަފާ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަނުކުރައްވާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 16 ވަނަ ދުވަހުއެވެ.