ތިމާވެށި

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ފުރަތަމަ ޤައުމީ ސިޔާސަތު


މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ ޤައުމީ ސިޔާސަތެއް ފުރަތަމަ ފަހަރަށް ރާއްޖެއިން އެކުލަވާލައި އެސިޔާސަތު އިފްތިތާހު ކޮށްފިއެވެ.މިއަދު ހޮޓެލް ޖޭންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފްތިތާހް ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ.މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެއިން ޢަމަލު ކުރާނޭ ގޮތްތަކުގެ ސިޔާސަތު އެކުލަވާލާފައި ވަނީ ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެންނެވެ.މި އަދު ގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ތަރައްޤީއަށް ކުރާ މަސައްކަތް ތަކުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންކެހުން ކަމަށެވެ. ނަމަވެސް ދުނިޔެ ހޫނުވުން ފަދަ މޫސުމީ ބައެއް މައްސަލަތަކުގެ ސަބަބުން ފައިދާތަކެއްވާ ބައެއް ޤައުމުތައް ހުރިކަމަށް ޝައިނީ ވިދާޅުވިއެވެ.ޝައިނީ ވިދާޅުވީ ތަރައްޤީވެފައި ވާ ބޮޑެތި ޤައުމުތަކުގެ ކުރިމަތީ ބަސްބުނުމަށް ޓަކައިވެސް، މޫސުމީ ބަދަލުތަކާއިގުޅޭގޮތުން ރާއްޖެއިން ޢަމަލު ކުރާނެ ގޮތުގެ ސިޔާސަތެއް އެކުލަވާލެވިފައި އޮތުން މުހިންމު ކަމަށެވެ.މޫސުމަށް އަންނަ ބަދަލުތަކުގެ ޤައުމީ ސިޔާސަތާއި ގުޅޭގޮތުން އެންވައިރުމެންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވީ  މި ސިޔާސަތު އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ލަނޑުދަނޑިއެއް ހާސިލު ކުރުން ކަމަށެވެ. އަދި ރާއްޖެއިން ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި މި ސިޔާސަތު މުހިންމު ދައުރެއް އަދާކުރާނެކަމަށް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.