ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 128އަށް އަރައިފިއެވެ. އެޗްޕީއޭއިން ވަނީ 18 މީހަކު ރަނގަޅުވިކަން މިރޭ ހާމަކުރައްވާފައެވެ. މީގެ ތެރޭގައި މިއަދު ރަނގަޅުވި 4 މީހަކުވެސް ހިމެނެއެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ ދިވެހި އަންހެނަކާއި 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކާއި 46 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހިމެނެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު 5 މީހަކު މި ބަލިން ރަނގަޅުވެފައިވާކަމަށެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި 1313 މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުންދަނީ 1163 މީހުންނަށެވެ. ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން ދިގުކަމަށް ޑޮކްޓަރުންވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހަފްތާ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށްވެސް ޑޮކްޓަރުންވަނީ ލަފާކުރައްވާފައެވެ.
ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.