ޚަބަރު

ކޯވިޑް-19 : ފުރަބަންދާއި ގުޅިގެން އޮންލައިން ކްލިނިކްތަކެއް ޤާއިމުކޮށްފި


މާލޭގައި ލޮކްޑައުން އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި އާސަންދައިގެ ޚިދުމަތްދޭ އޮންލައިން ކްލިނިކްތަކެއް ޤާއިމްކޮށްފިއެވެ.

އާސަންދަ ކުންފުނިން ވަނީ، މިހާތަނަށް އައިރު މިފަދަ 10 ކްލިނިކެއް ޤާއިމުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލޭގެ ބައެއް ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ސ.ހިތަދޫގައި ހުންނަ އެއިމްސް ޑައިގްނޯސްޓިކް ސެންޓަރެވެ. ސ. ހިތަދޫގައި މިފަދަ އޮންލައިން ކްލިނިކެއް ޤާއިމުކޮށްފައިމިވަނީ މާލެއިން ކޯވިޑް-19ޖެހުނު ފުރަތަމަ މީހާއާއި ސީދާ ދިމާވި ބައެއް މީހުން އެ ރަށުން ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިން ޙާލަތައް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

މިވަގުތު އޮންލައިން ކްލިނިކްގެ ގޮތުގައި ޚިދުމަތް ލިބޭނެ ކްލިނިކްތަކަކީ:

  • އޭޑީކޭ ހޮސްޕިޓަލް (ކ. މާލެ) - 1440/ 3313553
  • ކުލުނު މެޑިކަލް (ކ. މާލެ) - 4003311
  • ޕްރައިމެކްސް މެޑިކެއަރ (ކ. މާލެ) - 3330511
  • ފެމިލީ ކެއަރ (ކ. މާލެ) - 7673300
  • އިމޭޖް ސެންޓަރ (ކ. މާލެ) - 3302051
  • އެއިމްސް ޑައިގްނޯސްޓިކް ސެންޓަރ (ސ. ފޭދޫ): 6898091
  • އިންސްޓިޓިއުޓް އޮފް މެޑިކަލް ވެލް ބިއިން (ކ. މާލެ) - 3337892
  • އައިކެއަރ ހޮސްޕިޓަލް (ކ. މާލެ) - 3321026
  • ފަސްޓް ކެއަރ މެޑިކަލް ސެންޓަރ (ކ. މާލެ) - 3329449
  • ސެނަހިޔާ ހޮސްޕިޓަލް (ކ. މާލެ) - 7969897

އާސަންދަ ކުންފުނިން ވަނީ، މި ހާލަތުގައި ހުރިހާ ފަރާތްތަކުންވެސް، އަމިއްލަ ރައްކާތެރިކަމާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް އިސްކަންދީ، ކެތްތެރިކަމާއެކު ގޭގައި މަޑުކުރުމަށް، އެޗް.ޕީ.އޭ އާއި ކަމާ ގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.