ފަން އައިލެންޑް ރިޒޯޓުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރި 49 ދިވެއްސަކު ދޫކޮށްލައިފިއެވެ.
މިމީހުން ދޫކޮށްލާފައި މިވަނީ އެޗްޕީއޭއިން މިހާރު އަމަލުކުރަމުންދާ ޕްރޮޓޮކޯލްގެ ދަށުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޯވިޑް-19 އަށް ހަދާ ޓެސްޓް ނެގެޓިވް ވުމުންނެވެ.
ރާއްޖޭގައި ޤާއިމްކޮށްފައިވާ ފެސިލިޓީތަކުގައި އެކި ޤައުމުތަކުން ރާއްޖެ އައި 881 މީހަކު ކަރަންޓީންކޮށްފައި ތިބިކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ ދަށުން ބޭރުޤައުމުތަކުން އަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންކުރުމަށް އެޗްޕީއޭއިން ވަނީ ނިންމަވާފައެވެ. މިހާރު ދޫކޮއްލި މީހުންނަކީ 14 ދުވަސް ފުރިހަމަވުމާއެކު ޓެސްޓްކޮށް ބަލިނެތްކަން ކަށަވަރުވާ މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކަރަންޓީނުން ދޫކޮށްލާ މީހުން ބަލައި އެކަކަށްވުރެ ގިނަމީހުން ނުދިއުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެކި ޤައުމުތަކުން ރާއްޖެއައުމުން ކަރަންޓީން ކުރެވުނު މީހުންގެތެރެއިން މިހާތަނަށް ވަނީ 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެހަތަރު މީހުންނަކީވެސް އިނގިރޭސިވިލާތުން އެނބުރި ރާއްޖެއައި ދިވެހިންނެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މި ބަލިން ރަަނގަޅުވި އިޓަލީވިލާތުގެ ދެ ފަތުރުވެރިއަކުވެސް މިއަދު އެނބުރި ޤައުމަށް ފޮނުވާލާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ދެމީހުންނަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލްގެ ކްރިޓިކަލް ކެއަރ ޔުނިޓް، ސީސީޔޫގައި ފަރުވާ ދީފައިވާ ދެ މީހުންންވެ.