ޚަބަރު

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އާކް އާއި ޔޫތު މިނިސްޓްރީން އެއްބަސްވުމެއް ޤާއިމުކޮށްފި


ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއިއެކު އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިިލްރަން، އާކްއިން އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

ޔޫތް މިނިިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އާރކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އާކްގެ ފައުންޑަރ ޒެނީޝާ ޝަހީދު ޒަކީއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޙްލޫފެވެ.

ޔޫތް މިނިިސްޓްރީއާއެކު ވީ މި އެއްބަސްވުމުގެ ދަށުން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުޑަކުދިންނަށްކުރާ އަނިޔާއާއި ހާނިކަ ކުޑަކުރުމާއި މިކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ހަރަކާތްތައް އާރްކިން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން އެއް އަހަރު ދުވަހަށް މި ވީ އެއްބްސްވުމުގެ ދަށުން އަންހެން ކުދިން ބާރުވެރިކުރުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.