ޚަބަރު

ސިޔާސީ ސަބަބުތަކާހުރެ ހެންރިކް މިކިތާރިއަން އަށް ޔޫރޮޕާ ލީގުގެ ފައިނަލުގައި ނުކުޅެވިދާނެ


ސިޔާސީ ސަބަބުތަކާހުރެ އާސެނަލްގެ ހެންރިކް މިކިތާރިއަން އަށް ޔޫރޮޕާ ލީގުގެ ފައިނަލުގައި ޗެލްސީއާއާ ދެކޮޅަށް ނުކުޅެވިދާނެ ކަމަށް އާސެނަލްއިން ބުނެފިއެވެ.

އާރމީނިއާގެ މިކިތާރްޔަންއަށް ފައިނަލް މެޗަށް އަޒަރުބައިޖާނުން ވިސާ ނުލިބޭނެކަމަށް ބެލެވެނީ ދެގައުމުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

އާރްމީނިއާ އަދި އަޒަދުބައިޖާނަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތުމަށްފަހު ނުވަދިހައިގެ ފަހުކޮޅު މިނިވަންވި ދެ ގައުމެވެ. އެހެންނަމަވެސް އަވައްޓެރި ދެ ގައުމުގެ ސަރަހައްދީ އިން ކާއިރީގައި އޮންނަ ނަގޯނޯ ކަރާބާރގެ މިލްކުވެރިކަމާއިމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެއްގައުމުން އަނެއްގައުމަށް މީހުން ދަތުރުކުރުމުގައި އުނދަގޫތަކެއް ހުރެއެވެ. މިހެންވެ އާމީނިއާ މީހުންނަށް އަޒަރަބައިޖާން އަށް ދިއުމަށް ވިސާނުލިބުން ގާތެވެ. ފައިނަލް މެޗު ކުޅޭނީ އަޒަރަބައިޖާންގެ ވެރިރަށް ބަކޫގައެވެ.

އާސެނަލުން ބުނީ މި ކަމުގައި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން އެހީވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. މިކިތާރިއަން އަށް ވަނީ މީގެ ކުރިން އަޒަރަބައިޖާންގައި މެޗުތައް ކުޅެން ދަތިތަކާ ދިމާވެފައެވެ. އޭނާ ކުރިން ކުޅުނު ބޮރޫޝިޔާ ޑޯޓްމުންޑް ވެސް ވިސާ ނުލިބުމުގެ ސަބަބުން އޭނާ ނުލިބިގެން އޭނާ ނުހިމަނައި މެޗުތައް ކުޅެން ޖެހުނެވެ.

އަޒަރަބައިޖާންގައި ކުޅޭ ފައިނަލް މެޗާހެދި ސަޕޯޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ދެ ޓީމަށް ވެސް އެކަށީގެންވާ ވަރަށް ޓިކެޓް ނުލިބުމާއި ޓިކެޓް އަގުބޮޑުވުން އަދި ވިސާ ހޯދުމަށް ދަތިވާތީއެވެ. އަޒަރަބައިޖާން އަށް އެތެރެވުމަށް ތިން ހަފުތާކުރިން ވިސާއަށް އެދެންޖެހެއެވެ.