ޚަބަރު

ތޮއްޑޫގެ އުފެއްދުންތައް ހުސްނުވެ އަގުހެޔޮކޮށް މުޅި ރޯދަމަހު ލިބޭނެ

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަސް ގާތްވުމުން ގިނަ ބަޔެއްގެ ނަޒަރު ހުއްޓޭ އެއް ތަނަކީ ބާޒާރު މައްޗަށެވެ. ކޮންމެ ދުވަހެއްގެ ސުފުރާ މަތި ފަޅުފިލުވާލުމަށް ބޭނުންވާ ދިވެހި އުފެއްދުންތައް ފަސޭހަކަމާއި އެކު ހެޔޮ އަގުގައި ލިބެން ހުންނާނެތޯ މީ ކުރެވޭ ސުވާލެކެވެ. އަދި މި ސުވާލު ޖަވާބު ގޮސް ހުއްޓެނީ ދިވެހި އުފެއްދުންތައް ބަޒާރަށް ނެރެމުން އަންނަ ދިވެހި ދަނޑުވެރިންނަށެވެ.
ކޮންމެ އަހަރެއްގައި ވެސް އެންމެ ގިނަ އަދަދަކަށް ދިވެހި އުފެއްދުންތައް ބާޒާރަށް ނެރޭ އެއް ބަޔަކީ ތޮއްޑޫ ދަނޑުވެރިންނޭ ބުނުމުން ގޯހަކަށް ނުވާނެއެވެ. ރޯދަ މަހު ކިތަންމެ ގިނަ އަދަދަކަށް ބޭރު ކަރާ ލިބެން ހުރި ނަމަވެސް ތޮއްޑޫ ކަރައެއްގެ ކަރާ ފަނި ބޯ ނުލާ ދިވެހިން މިއަދުވެސް ހިތްހަމަ ނުޖެހޭ އޭ ބުނެވިދާނެއެވެ.

ރޯދަމަސް ފެށެން ތިން ހަފްތާއަށް ގާތްވެފައިވާއިރު ރޯދަމަހު މާލޭގެ ދަތުރުވެރިންގެ މާރުކޭޓް ތޮއްޑޫގެ އުފެއްދުންތަކުން ފުރާލުމަށް އެ ރަށު ދަނޑުވެރިން މިހާރުވެސް ހުރީ އެމީހުންގެ މަސައްކަތް މެކުހަށް ޖަހާފައެވެ. ރޯދަ މަހަށްވާ ތައްޔާރީތައް ބަލާލުމަށް ތޮއްޑޫ ދަނޑުތަކަށް ވަދެލުމުން ފެނުނީ އެ ރަށު ދަނޑުވެރިން ދަނޑުތަކަށް ފެންޖެހުމާއި ދަނޑުތައް ބެލަހެއްޓުމުގައި އަވަދިނެތި މަސައްކަތް ކުރަމުންދާ ތަނެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ތޮއްޑޫ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަމުން އަންނަނީ ނަންނޯޓް ކޮށްގެން ގުރުއަތު ތަރުތީބުންނެވެ. ތޮއްޑޫ ކައުންސިލްގެ ނާއިބު ރައީސް ހަސަން އަބްދުﷲ ވިދާޅުވީ، މި އަހަރުވެސް 117 ބިމެއް ދަނޑުވެރިކަން ކުރުމަށް ކައުންސިލުން ދޫކޮށްފައިވާކަމަށެވެ. އަދި މި ދަނޑުތައް ދަނޑުވެރިންނާއި ހަވާލުކޮށްފައިވަނީ ނަންނޯޓްކުރި ފަރާތްތަކުގެ މެދުގައި ދެ ފުށް ފެންނަ ނިޒާމެއްގެ ދަށުން ގުރުނަގައިގެންކަމަމަށްވެސް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަނޑުތަށް ބަހާފައިވަނީ ބޮލަކަށް ވަކި އަކަފޫޓެއް. ބައެއް ގޭގޭގެ މީހުން ދަނޑުވެރިކަން ނުކުރަންޏާ ކައުންސިލަށް ލިސްޓު ހުށަހަޅައިގެން ކައުންސިލުން ނޯޓިސްބޯޑަށް ނެރި ކުށް ފިލުވާނެ. އެއަށް ފަހު ގުރުއަތުލުން އޮންނާނެ ސްކޫލްގައި. ގުރުއަތުން ލިބިގެން ކަރާ އިންދާނެ ދުވަހެއް ނުނީ ބިން ހަވާލުކޮށް ސާފުކުރާނެ ދުވަހެއް ކައުންސިލުން ކަނޑައަޅާނެ." ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ދަނޑުތައް ދޫކުރުމުން އެތަންތަން ސާފުކޮށް މިހާރު ވަނީ ކަރާ ވެޔޮތަކާއި މިރުސް ގަސްތަކާއި ތަރުކާރީގެ އެހެން ބާވަތްތަކުގެ ގަސްތަކުން ފުރާލާފައެވެ. ކިތަންމެ ބުރަ މަސައްކަތެއް ނަމަވެސް ގަދަ އަވީގައި ދަނޑުތަކަށް ވަދެ ހިންގާލުމުން ފެންނަނީ ތޮއްޑޫގެ ދަނޑުވެރިން އެމީހުންގެ ދަނޑުތައް ބެލަހެއްޓުމުގެ މަސައްކަތް ވަރަށް ޝައުގުވެރިކަމާއި އެކު ކުރަމުންދާތަނެވެ.

ހަސަން އަބްދުﷲ ވިދާޅުވީ، ރަމަޟާން މަސް ނިމެންދެން މެދުކެނޑުމެއްނެތި ތޮއްޑޫގެ ދަނޑުތަކުގެ އުފެއްދުންތައް ނެރުމަށް އެކި ދަނޑުތަކުގައި ގޮވާންކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ދުވަސްތަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ތޮއްޑޫގެ މަޝްހޫރު ކަރާ ރޯދަމަހު ލިބުން މެދުކެނޑުނަ ނުދިނުމަށްޓަކައި ދަނޑުވެރިން ވަކި ދުވަސްތަކަކަށް ބަހާލައިގެން ކަރާ މާލެ ފޮނުވުމަށް މަސައްކަތް ކުރަމުންދެއެވެ. އަދި އެކަމުގައި ކައުސިލުންވެސް އެހީތެރިކަންދީ އިރުޝާދު ދެމުން އަންނަކަން ހަސަން އަބްދުﷲ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އަދި ތޮއްޑޫގެ ދަނޑުވެރިންގެ އުންމީދަކީވެސް މުޅި ރޯދަމަހަށް ކަރާފަދަ އުފެއްދުންތަށް ދިވެހިންނަށް ފޯރުކޮށްދިނުން. އެގޮތުން އަޅުގަނޑުމެން ވަކި ދުވަސްތަކެއް އިންނާނެ މިސާލަކަށް ކަރާ އިންދަންވެސް. މިސާލަކަށް ފަނަރަ ވަރަކަށް ދުވަސް. އޭގެ ތެރެއިން އެކި ދުވަސްތަކުގައި އެކި ދަނޑުވެރިން އިންދާނީ. އެގޮތުން ރޯދަމަހުގައި އެއްކޮށް ކަރާ ލިބޭނެ ގޮތެއް ރާވަނީ. ހަމައެކަނި ކަރައެއް ނޫން ފަޅޯ ކިއުކަމްބާ ޗައިނީސް ކެބެޖު ތޮއްޑޫގެ ދަނޑުވެރިން ހައްދަމުންދަނީ." ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ތޮއްޑޫގެ ދަނޑުތަކަށް މިހާރު ބަލައިލުމުން ޅަ ކަރައާއި، ފަޅޯ، ބަށި، މިރުސް އަދި ތަފާތު ވައްތަރުގެ ފަތްޕިލާވެލި ފެންނައިރު، ދަނޑުވެރިން ބުނާ ގޮތުން މި އުފެއްދުންތައް ރޯދަ މަސް ފެށެންވާއިރަށް ފައްކާވާނެއެވެ.

ރޯދަ މަހަށް ދަނޑުވެރިކަން ކުރުމަށް ތޮއްޑޫގެ ބިމުގެ 5 ބައިކުޅަ ތިން ބައި ދަނޑުވެރިކަމަށް ވަނީ ދޫކޮށްފައެވެ. ދަނޑުވެރިކަމުން ލިބޭ ރަނގަޅު އާމްދަނީއާއިއެކު މި ދާއިރާއާއި ގުޅޭ ޒުވާނުންގެ އަދަދު އިތުރުވަމުން އަންކަން ތޮއްޑޫ ކައުންސިލުން ފާހަގަކުރެއެވެ. މިއާއިއެކު ތޮއްޑޫގެ ދަނޑުވެރިކަން ދިގު މުއްދަތަކަށް ދެމިގެންދާނެކަމުގެ އުންމީދުވެސް މިވަނީ އާވެފައެވެ.

ކޮންމެއަކަސް ތޮއްޑު ދަނޑުވެރިންގެ އޮތީ އެއް ވާހަކައެކެވެ. މި ފަހަރުގެ ރޯދަ މަހު މާލޭގެ ބާޒާރުން ތޮއްޑޫގެ އުފެއްދުންތައް ހުސްނުވެ ލިބެން ހުންނާނެ ވާހަކައެވެ. އަދި ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ތޮއްޑޫ ކަރާވެސް ރޯދަ މަސް ނިމެންދެން ހެޔޮ އަގުގައި ލިބެން ހުރުމަކީ ތޮއްޑޫ ދަނޑުވެރިންގެ އެންމެ ބޮޑު އެއް އުއްމީދެކެވެ.