ޚަބަރު

އެމްޑީޕީން ހޯދި ކާމިޔާބީއަށް ޑރ. ވަހީދު މަރުހަބާ ކިޔައިފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކެނޑިޑޭޓުންގ ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު މަރުހަބާ ވިދާޅުވެއްޖެއެވެ.

މަޖިލީސް އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައެވެ.

މި އިންތިޚާބުގެ ނަތީޖާ ހާމަކުރެއްވުމާއިއެކު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގޮނޑިތައް ކާމިޔާބުކުރެއްވި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ. ޑރ. މުޙައްމަދު ވަހީދުގެ ޓުވީޓުގައި އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއަށާއި، ކުރީގެ ރައީސް އަދި މައްޗަން ގޯޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުޙައްމަދު ނަޝީދަށް މަރުހަބާ ދަންނަވާފައެވެ.

މަޖިލީސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމް.ޑީ.ޕީއަށް 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުވެފައިވާއިރު، މިއީ ރާއްޖޭގެ ހަރަކާތްތެރިވާ ސިޔާސީ ޕާޓީއަކަށް މަޖިލީސް އިންތިޚާބުން މިހާ ގިނަ ގޮނޑި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެމް.ޑީ.ޕީގެ މިކާމިޔާބީއާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެ ޕާޓީއަށް މިވަނީ ލިބިފައެވެ.