ޚަބަރު

ގްރާސްރޫޓް ޓްރެއިނިން ޕްރޮގްރާމްއަކީ ފުޓްބޯޅައިގެ އިތުރުން ކުދިންގެ އަޙްލާގަށް ބަދަލުގެނުވި ޕްރޮގްރާމެއް - ބ.އަތޮޅު ތައުލީމީ މަރުކަޒު


ބ.އަތޮޅު ތައުލީމީ މަރުކަޒުން އިސްނަގަިއގެން ކުރިއައް ގެންދިޔަ ގްރާސްރޫޓް ޓްރެއިނިންގް ޕްރޮގްރާމަކީ ފުޓްބޯޅައިގެ އިތުރުން ދަރިވަރުންގެ އަޙްލާޤަށް ވަރަށް ބޮޑެތި ބަދަލު ތަކެއް ގެނުވި ޕްރޮގްރާމެއްކަމަށް އެމަރުކަޒުން ބުނެފިއެވެ. އެމަރުކަޒުން މިހެން ބުނީ ދެމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ ގްރާސްރޫޓް ޓްރެއިނިން މިއަހަހަރައް ނިންމާލުމުގެ ގޮތުން ބޭއްވި ގްރާސްރޫޓް ފެސްޓިވަލްގެ ތެރެއިން ޕީއެސްއެމްއަށް ދިން އިންޓަރވިއުއެއްގައެވެ. މި ފެސްޓްޓިވަލްގައިވަނީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ސެންކުލާހުގައި ކިޔަވަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ކުދިނަނަށް ޖާޒީ ހަވާލުކޮށް އަންނަ އަހަރު ބާއްވާ ގްރާސްރޫޓް ޕޮރޮގްރާމުން އެދަރިވަރުންނަށް ފުރުސަތު ދީފައެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒާ އެ މަރުކަޒުގެ ޕީޓީއޭ އަދި އޭދަފުށީ ކުޅިވަރު ކޮމެޓީ، ކްލަބް އޭދަފުއްޓާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އިސް ކޯޗެއްގޮތުގައި ހަރަކާތްތެރިވާ އަބްދުލް ފައްތާޙް ބުނީ މިކަމުގެ ސަބަބުން ކުރިއެރުން ލިބުނީ ހަމައެކަނި ދަރިވަރުންގެ ފުޓްބޯޅައިގެ ހުނަރައް އެކނިނޫންކަމަށާ، ކުދިން ކިޔެވުމަށް ދޭ ސަމާލުކަންވެސް މިކަމުގެ ސަބަބުން އިތުރުވެގެން ދިޔަކަމަށެވެ.

އިއްޔެ ބޭއްވި ފެސްޓިވަލް ކުރިއަށް ގެންދިޔައީ ޖުމްލަ 8 ސްޓޯލަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރާސްރޫޓް ތްރެއިނިންގއަށް 3 ސްޓޯލް އަކާ އޭދަފުށީ 21 އަހަރުން ދަށުގެ ޓީމްއަށް 2 ސްޓޯލް އާ އޭދަފުށީ ވެޓަރެންސް ޓީމަށް 3 ސްޓޯލް އެއްގައި ވަނީ ފުޓްބޯޅައިގެ ތަފާތު ހުނަރުތައް ދައްކާލާފައެވެ.
މިދަރިވަރުންގެ ބެލެނި ވެރިން ބުނީ ގޭތެރޭގައި އުޅޭއިރު ކުދިންގެ އަހްލާގު ވަރަށް ބޮޑަށް ބަދަލުވެގެން ދިޔަކަމަށާ، ފުޓްބޯޅަ ޓްރެއިނިންގެ ތެރެއަށް ކުދިން ވެއްދުންއެއީ ކުރެވުނު ވަރަށް ރަގަޅު ކަމެއްކަމަށެވެ.

އަންނައަހަރުވެސް މި ޕްރޮގްރާމް ބާއްވާ ގޮތައް ހަމަޖެހިފައިވާކަމަށާއި މި ޕްރޮގްރާމްގެ މަޤްސަދަކީ، ކުދިން ފުޓްބޯޅައަށް ލޯބި ޖެއްސުމުގެއިތުރުން ކުޅިވަރަށް ޝައުގުވެރިކުރުވުން ކަމަށް ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުންޏެވެ.

މިއަހަރުގެ ގްރާސްރޫޓް ޓްރެއިނިން ހަރަކާތުގައި، އުމުރުން 5 އަހަރާ 11 އަހަރާ ދެމެދުގެ 68 ކުދިން ވަނީ ބައިވެރިވެފައެވެ. މި ޓްރެއިނިން ތަކުގައި ކިޔަވައިދެނީ ގްރާސްރޫޓް ތަމްރީން ފުރިހަމަކޮށް، ސެޓްފިކެޓް ހޯދާފައިވާ ކޯޗުންނެވެ.