ޚަބަރު

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު


  • ސަމާލު ނެރެފަވަނީ ފަތިހު 04:30ހާ ހަމައަށް

  • މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެކަމަށް ލަފާކޮށްފައިވޭ

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިރޭ ފަތިހު 04:30ހާ ހަމައަށެވެ.

ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހިމާއި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށެވެ. މި ސަމާލު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަނީ ނެރެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާން ވަނީ ފަށާފައެވެ. އަދި މިހާރު ލަފާކުރާގޮތުން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މުސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މި ވިއްސާރައިގައި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގެއްލުންތައްވެސް ވަނީ ކުރިމަތިވެފައެވެ.