މާލޭގައި މި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި ބިޔަ މިޝްރޫތަށް ނިމުމާކު މާލޭގެ ޕާކްކުރުމުގެ މައްސަލަ އިތުރުވެގެންދާއިރު، މި ކަންކަން ޙައްލުކުރުމުގައި ޢާއްމު ރައްޔިތުން އަމަލީގޮތުން ފުރިހަމަ ރޯލެއް އަދާކުރުމަށް ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިޒު ގޮވާލައްވަވައިފިއެވެ.
ހައުސިން މިނިސްޓަރ މިގޮތަށް ގޮވާލައްވާފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި މެކޭނިކަލް ކާރު ޕާކިން ސިސްޓަމް އާންމުންނަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާލޭގެ މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ޕާކިންގެ މައްސަލައަށް އަލިއަޅުއްވާލައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިޒު ވިދާޅުވީ މިފަދަ މައްސަލަތަކަކީ މުޖުތަމައުގެ އެންމެންގެ އެއްބާރުލުމާއި އެކު ޙައްލުކުރެވިދާނެ މައްސަލަތަށްކަމަށެވެ. ރައީސް ޔާމިން ރާއްޖެއަށް ގެންނަވަމުންދާ ބާރު ދުވެލީގައި ތަރައްޤީއަށް، މިފަދަ ކަންކަމުގެ ސަބަބުން އަސަރުކުރިއަ ނުދިނުމައްޓަކައި ސަރުކާރާއެކު ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ ވާހަކަފުޅުދެއްކެވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ޢިމާރާތްކުރާ، ސަރުކާރުގެ ޢިމާރާތްތަކުގައާއި، އަދި އެނޫންވެސް ވަކި ވަރަކަށްވުރެ ބޮޑެތި ޢިމާރާތްތަކުގައި ޕާކިން ސްޕޭސް ހެދުމަށް ލާޒިމްކޮށްފައި ވަނީވެސް މި ފަދަ މައްސަލަތަކަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން ކަމަށެވެ.
ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިޒު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އަފްއާލް ވިދާޅުވީ އަލަށް ތަޢާރަފްކުރި މެކޭނިކަލް ޕާކިން ސިސްޓަމަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ޖުމްލަ 19 ވެހިކަލް ޕާކްކުރުމުގެ ޤާބުލުކަން ލިބިފައިވާ ޕާކިން ސިސްޓަމެއްކަމަށެވެ. ފަސް ފަންގިފިލާގެ އުސްމިނަށް ހަދައިފައިވާ މި ޕާކިން ސިސްޓަމް ރަސްމީގޮތެއްގައި ހުޅުވުމުގައި ލަސްތަކެއްވެގެން ދިޔައީ މި ޕާކްކުރަން އަންނަ ވެހިކަލްތައް ހޮސްޕިޓަލަށް ވަންނަން ފަސޭހަވާގޮތަށް މަގުތަށް ހެދުމައް ހޭދަވި ވަގުތުގެ ސަބަބުންކަމަށް އައްފާލް ވިދާޅުވި.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވިއެވެ.
ޖުމްލަ 3.5 މިލިއަން ރުފިޔާގެ ބަޖެޓަކުން ތަރައްޤީކުރި މި މެކޭނިކަލް ޕާކިން ސިސްޓަމް ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނަށް ވަނީ ހުޅުވާލާފައެވެ. މިތަނުގަައި ޕާކްކުރާ ކޮންމެ ފަހަރަކަށް 50 ރުފިޔާ ޗާޖް ކުރާނެކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ. އަދި ކޮންމެ ވެހިކަލަކައްވެސް މި ޕާކިން ސިސްޓަމްގައި ވެހިކަލް ބޭއްވޭނީ 4 ގަޑިއިރަށްކަމަށް އޭޑީކޭއިން ބުނެއެވެ.