ރާއްޖެއާއި ނޭޕާލްގެ ގުޅުން ބަދަހި ކުރުމަށް އެންމެ އިސްރޯލެއް އަދާކުރެވޭނީ އިސްސަފަށް ނިކުންނަން ކެރޭ ޒުވާނުންނަށްކަމަށް މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުންދާ ނޭޕާލުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އޮނަރަރީ ކޮންސުލް ނިރްވާނާ ޗައުދަރީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނިރްވާނާ ޗައުދަރީ ވިދާޅުވީ މިހާގެ މަޤާމާއި ފެންވަރަށް ބެލުމެއްނެތި ކޮންމެ މީހަކުވެސް ބައިނަލްއަޤްވާމީ ގުޅުންނަތައް ވަރުގަދަ ކުރަން މަސައްކަތްކުރުން މުހިންމުކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ނިރްވަނާ ޗައުދަރީ ވިދާޅުވީ އޭނާ ދެކޭގޮތުގައި ނޭޕާލްގައި އުޅޭ ދިވެހި އާއިލާތަކާއި ދަރިވަރުންނާއި އޮތް ގުޅުމަކީ އޭނާ އަދާކުރާ މަޤާމުގެ ގޮތުން އޮތް ގުޅުމެއް ނޫންކަމަށާ، އޭނާ ދެކެނީ އެޤައުމުގައި ދިރިއުޅޭ ދިވެހިންނަކީ އޭނާގެ އާއިލާގެ ބައެއްގެ ގޮތުގައި ކަމަށެވެ. 2015 ވަނަ އަހަރު ނޭޕާލަށް އައި ގޯކާ ބިންހެލުމުގައި ތާށިވެފައިތިބި 100 އަށް ވުރެ ގިނަ ދިވެހިން ރައްކާތެރިކަމާއެކު ރާއްޖެގެނައުމުގައި ނިރްވަނާ ޗައުދްރީ ވަނީ ބޮޑު ރޯލެއް އަދާކުރައްވާފައެވެ.
25 އެޕްރީލް 2015ގައި އެރި ގޯކާ ބިންހެލުމުގައި 9 ހާހަށް ވުރެ ގިނަ މީހުން މަރުވެ 22 ހާހަށް ވުރެ ގިނަ މީހުނަށް އެކި ވަރުގެ އަނިޔާވިއިރު، ނޭޕާލްގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އެ ޤައުމުން އެންމެ ފުރަތަމަ ބޭރަށް ދެވުނު މީހުންގެ ތެރޭގައި ދިވެހިން ހިމެނެއެވެ.
ނޭޕާލުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އޮނަރަރީ ކޮންސުލް ނިރްވާނާ ޗައުދަރީ ވިދާޅުވީ ރާއްޖެއާއި ނޭޕާލްގެ ގުޅުން ބަދަހި ކުރުމަށް އެންމެ އިސްރޯލެއް އަދާކުރެވޭނީ އިސްސަފަށް ނިކުންނަން ކެރޭ ޒުވާނުންނަށްކަމަށެވެ. އޭނާ ވިދާޅުވީ މިހާގެ މަޤާމާއި ފެންވަރަށް ބެލުމެއްނެތި ކޮންމެ މީހަކުވެސް ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަ ކުރަން މަސައްކަތްކުރުން މުހިންމުކަމަށެވެ.
ނޭޕާލުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އޮނަރަރީ ކޮންސުލް ނިރްވާނާ ޗައުދަރީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއަރސް ޑރ. މުހައްމަދު އާސިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.
ނޭޕާލުން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ އޮނަރަރީ ކޮންސުލްގެ މަޤާމަށް ނިރްވަނާ ޗައުދްރީ ފުރަތަމަ އައްޔަނު ކޮއްފައިވަނީ 13 ނޮވެމްބަރ 2012 ގައިއެވެ. މި މަޤާމުގެ ދެވަނަ ދައުރު އަންނަ ނޮވެމްބަރ މަހު ހަމަވާއިރު ނިރްވަނާ ޗައުދްރީ ވިދާޅުވީ އޭނާ މަޤާމުން ވަކިވި ނަމަވެސް ދިވެހިންނާއެކު އޮންނަ ޚާއްސަގުޅުމަށް އެއްވެސް ބަދަލެއްނާނާނެކަމަށެވެ.