ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދައުވަތަކަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތް އަންނަ މަހުގެ 13 ގައި ފެށުމަށް ނިންމައިފިއެވެ.
"އައް ނޫރުލް މުބީން" މިނަމުގައި ބާއްވާ މިމުބާރާތް ބާއްވަނީ ޕަބްލިކް ސަރވިސް މިޑިއާއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ކީރިތި ޤުރުއާނާއިބެހޭ މަރުކަޒް ގުޅިގެންނެވެ. މި މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި، މިސްރު، ސޫދާން، ސަޢޫދީއަރަބިއްޔާ، ޔޫ،.އޭ.އީ، ތުރުކީ، ޕާކިސްތާން، ބަންގްލަދޭޝް، އިނޑޮނީޝިޔާ، މެލޭޝިއާ އަދި އަވައްޓެރި ސްރީލަންކާ ހިމެނެއެވެ.
""އަޅުގަނޑުމެންނާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިކަމުގައި ވަރަށް ގިނައިން ގުޅުއްވައި އިރުޝާދުވެއްވަމުން ގެންދަވަނީ. އެހެންވީމައި މިއީ ދިވެހި ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނެ ދުވަހެއް. 900 އެތައް އަހަރެއް ވެގެން މިދިޔައީ، ބައިނަލް އަޤްވާމީ ފެންވަރުގައި ކީރިތި ޤުރުޢާނުގެ އިލްމު ފުޅާކޮށް އެއިލްމު ދެމެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން އިސްނަގަވައިގެން މޮގޮތައް ބޭއްވޭ ފުރަތަމަ މުބާރާތްމިއީ"އިސްލާމިކް މިނިސްޓަރ
އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާއަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ދިވެހި ދެބޭފުޅަކާއި، ޕާކިސްތާނާއި ސޫދާނުގެ ވަރަށް އިލްމުވެރި ޤާބިލު ދެބޭފެޅަކު އިންސާފުކޮށްދެއްވާނެ. މީގެ އިތުރުން ތުރިކީ އާއި މިސްރުންވެސް މުބާރާތަށް ފަނޑިޔާރުން ގެނައުމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން އަންނީ މަސައްކަތް ކުރަމުންނެވެ.
މިމުބާރާތް ބާއްވާނެކަން އިއުލާން ކުރައްވައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށާއި، މިއީ ރާއްޖެގައި ބެއްވޭ ވަރަށް މުހިއްމުއަދި ތާރީޚީ މުބާރާތަކަށް ވެގެންދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ބާއްވާ މިމުބާރާތް އެންމެ ފުރިހަމައަށް ކުރިއަށްގެންދިއުމައްޓަކައި، ޕަބްލިކް ސަރވިސް މީޑިއާއިންވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މުބާރާތް ބޭއްވުމަށް ޚާއްސަ އިންތިޒާމްތަކެއް ރާވަމުންދާކަން ފާހަގަކުރައްވައި ޕީ.އެސް.އެމްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޚާލީލް ވިދާޅުވީ، ޕީ.އެސް.އެމްގެ ދީނީ ޗެނަލްތަކާއި، މައިޗެނަލުންވެސް މިމުބާރާތުގެ ކަންކަން ގެނެސްދެމުންދާނެކަމަށެވެ. އަދި މިބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ރަސްމިއްޔާތު ވަރަށް ޚާއްސަވެގެންދާނެކަން ޚަލީލް ފާހަގަކުރެއްވިއެވެ.
"ރާއްޖެ ހިމެނޭހެން 11 ޤައުމުން މިމުބާރާތުގައި ވާދަކުރާއިރު، މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ފަރާތްތައް ކަނޑައެޅުމަށްވެސް ޚާއްސަ އޮޑިޝަނެއް ބާއްވާނެކަން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ފާހަގަކުރެއްވި.އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތެއް ފުރަތަމަ ފަހަރަށް މިއަހަރު ބާއްވާއިރު މުސްތަގްބަލުގައި މި މުބާރާތް އިތުރަށް ފުޅާކޮށް މިއީ މިގޮތަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މުބާރާތުގެ ގޮތުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅާއެއްގޮތަށް ކޮންމެ އަހަރަކުވެސް މުބާރާތް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާކަން މިކަން އިންތިޒާމް ކުރާ ކޮމެޓީގެ އިސްކޮށް ހުންނަވާ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވިއެވެ.
ބައިނަލް އަޤްވާމީ ފެންވަރުގައި ބެއްވޭ މިފަދަ އެހެން މުބާރާތްތަކޭ އެއްފަދައިން ރާއްޖޭގައި ބާއްވާ "އައް ނޫރުލް މުބީން" މުބާރާތުގައި ކޮންމެ ޤައުމަކުންވެސް ވާދަކުރެވޭނީ އެއްމެ ބައިވެރިއަކަށެވެ. މިމުބާރާތަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤާއްޔޫމްގެ ދައުވަތަކަށް ބޭއްވޭ މުބާރާތެއްކަމުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ކޮންމެ ބައިވެރިއަކަށް ލިބިެގެންދާނެއެވެ.
މުބާރާތުން އެއްވަނައަށްދާ ފާރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދިވެހި ދައުލަތުން 30 ހާސް ޑޮލަރު ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ އަށްދާ ފަރާތަކަށް 15 ހާސް ޑޮލަރު، ތިންވަނައަށް 5 ހާސް ޑޮލަރު ލިބޭނެއެވެ. މިމުބާރާޓައް ހިނާމު ހުށައެޅުމުގެ ފުރުސަތު ހެޔޮއެދޭ ފަރާތްތަކަށްވެސް ހުޅުވާލާނެކަމަށް އިންތިޒާމްކުރާ ކޮމެޓީން މައުލޫމާތުދެއެވެ. "އައް ނޫރުލް މުބީން" މިމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާއި އަންނަ ރަމަޟާން މަހުގެ ދެވަނަދުވަހުގެ ރޭކަމަށާއި، އެރޭ އޮންނަ އިހްޔާ ފޯރަމާއެކު މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުލަގަދަކޮށް ބޭއްވުމުގެ ގޮތުން ބޭރުގެ ޚާއްސަ ވާއިޒަކު ގެނެސް ދަރުސެއް ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.