ޚަބަރު

އީސީގެ ރައީސްގެ މަޤާމަށް ޝަރީފް އިންތިޚާބު ކޮށްފި


އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަޙްމަދު ޝަރީފް އެ ކޮމިޝަނުން އިންތިޚާބު ކޮށްފިއެވެ.

ޝަރީފް އެ މަޤާމަށް އިންތިޚާބު ކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ޝަރީފް އައްޔަން ކުރައްވާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަދު ހެނދުނު އޮތް މަޖިލީހުގެ ޖަލްސާގައެވެ.