ގޭގައި އުފެދޭ ބޮޑެތި ކުނީގެ ބާވަތްތައް އުކާލުމަށް "ކެޕްސް ލައިޓް"ގެ ނަމުގައި ހާއްސަ ހިދުމަތެއް ދޭން ވެމްކޯއިން ނިންމައިފިއެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދޭން ފަށާ މި ހިދުމަތުގައި ގޭގެއިން ހަލާކުވެގެން ނެރޭ ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނުތައް ވެމްކޯއިން އުކާލަދޭނެއެވެ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއިން ގެންދަނީ މާލޭއާއި އަތޮޅުތެެރޭގައި ކުނި އުކާލުމުގެ ހިދުމަތް ދެމުންނެވެ. އެގޮތުން ގޭބިސީތަކުގައި ކޮންމެ ދުވަހަކު އުފެދޭ ކުނިވާ ޒާތުގެ ތަކެތި ނަގާ އެތަކަތި ކޮންމެ ދުވަހަކު ވެމްކޯއިން އަންނަނީ އުކާލަދެމުން. ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގޭބިސީތަކުގައި އުދެފޭ ބޮޑެތި ކުނީގެ ބާވަތްތައް އުކާލަދިނުމުގެ ޚިދުމަތްވެސް ދިނުމަށް ވެމްކޯއިން އަންނަނީ ތައްޔާރުވަމުންނެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކެޕްސް ލައިޓްގެ ނަމުގައި ފަށާ މި ޚިދުމަތުގެ ދަށުން ގޭބިސީތަކުން ހަލާކުވެގެން ނެރޭ ފަރުނީޗަރާއި އިލެކްޓްރޯނިކް ސަމާނުތައް ހިމެނެއެވެ. ވެމްކޯއިން ބުނީ އެ ކޯޕަރޭޝަނުން ކުރި ސާރވޭއިން މިފަދަ ކުނި އާއްމު ޕިކަޕްތަކުން އުގައިދޭ އަގު ވަރަށް ބޮޑުކަން ފާހަގަވެފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ވެމްކޯއިން ބުނީ ކެޕްސް ލައިޓްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންކަމަށެވެ. އަދި އުކާލާ ބާވަތްތަކަށް އަގު ކަނޑައަޅާފައިވަނީ އެ ތަކެތީގެ ބޮޑުކުޑަމިނަށް ބަލައިގެންކަމަށެވެ. މިގޮތުން އަގުތައް ކަނޑައަޅާފައިވަނީ ފަންސަވީސް ރުފިޔާއިން ފެށިގެން ހަތްދިހަ ފަސްރުފިޔާއާއި ދެމެދުގެ އަގުތަކެއްގައިކަމަށް ވެމްކޯއިން ބުނެއެވެ. މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ ވެމްކޯއަކީ ކިތަންމެ ހަގު ކުންފުންޏަކަށް ވީނަމަވެސް ވެމްކޯއަށް ޢާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު އިތުރުވަމުންދާކަމަށެވެ.
ގޭތެރޭގައި ޢާއްމުގޮތެއްގައި އުފެދޭ ކުނިވާޒާތުގެ ކުންޏާއި ޢާއްމުކޮށް ކޮންމެ ދުވަހެއްގެ މައްޗަށް އުފެދޭ ކުނި އުކާލުމުގެ ޚިދުމަތް ކޮންމެ ދުވަހަކު ވެމްކޯއިންދަނީ ދެމުންނެވެ. ގޭގައި އުފެދޭ ބޮޑެތި ކުނީގެ ބާވަތްތައް އުކާލުމަށް ޢާއްމުނަށް ދަތިތަކާއި ކުރިމަތިވެފައިވާކަން ވެމްކޯއިން ކުރިޔަށް ގެންދާ ސާރވޭއިން ފާހަގަކުރެވިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަންނަ މަހު އަލަށް ފަށާ ޚިދުމަތުގެ ސަބަބުން މި މައްސަލަތަކަށް ޙައްލެ ލިބިގެންދާނެކަމަށް ވެމްކޯއިން ބުނެއެވެ.