ޚަބަރު

ބީއެމްއެލްއަށް ލިބޭ އާމްދަނީން މުޅި ރާއްޖެއަށް ދަނީ އެހީވަމުން


ބެންކް އޮފް މޯލްޑިވްސް އަށް ލިބޭ އާމްދަނީ އަނބުރާ މުޖްތަމައުއަށް އިންވެސްޓްކޮށް މުޅިރާއްޖެ ޝާމިލްވާގޮތަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ. 

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ މިހެން ވިދާޅުވީ ބީއެމްއެލްގެ ތިރީސް ހަތަރު ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ބީއެމްއެލްގެ ހިއްސާދާރުންނާ މުޚާތަބުކުރައްވަމުން އެންޑްރޫ ވިދާޅުވީ ފާއިތުވި ދެއަހަރު ތެރެއިން ކޮންމެ އަހަރަކު ސަތޭކަ ފަންސާސް މިލިއަން ރުފިޔާ ބޭންކުން އިންވެސްޓްކޮށްފައިވާކަމަށެވެ. ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމްތައްކުގެ އިތުރުން އަލަށް ތަޢާރަފްކުރި މޮބައިލް އެޕްލިކޭޝަނާއި، އެންމެ ޒަމާނީ އިންޓަރނެޓް ބޭންކިންގެ އިތުރުން މުޖުތަމަޢުގެ މުހިންމު ކަންތައްތަކަށް ވެވުނު ފައިސާގެ އެހީތެރިކަމާއި އެކި ފަރާތްތަކާ ގުޅިގެން ހިންގުނު ޕްރޮޖެކްޓްތަކުގެ ފައިދާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ދިވެހިންނަށް މިހާރު ލިބެމުންދާކަމަށް އެންޑްރޫ ވިދާޅުވިއެވެ.

މި އަހަރު މިހާތަނަށް 3 ބްރާންޗް އަދި 12 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ވަނީ ހުޅުވާފައިވާފައެވެ. ގެދޮރު އެޅުމާށާއި ވިޔަފާރިތައް ތަރައްޤީކުރުމަށް އެ ބޭންކުން އަންނަނީ ލޯނު ވެސް ދޫކުރަމުންނެވެ. ބީއެމްއެލްގެ ޚިދުމަތްތައް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށަކަށް މީހާރު ލިބޭނެކަމަށް އެ ބޭންކުން މައުލޫމަތުދެއެވެ.