ރާއްޖެއަށް ސްޓާ ބަކްސް ކޮފީ ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ރާއްޖެއަށް ސްޓާބަކްސް ކޮފީ ތައާރަފްކުރީ ދަރުބާރުގޭގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސް ފެއާރގެ ތެރެއިންނެވެ. ރާއްޖެއަށް ސްޓާބަކްސްގެ އުފެއްދުންތައް ތައާރަފްކޮށްފައިމިވަނީ ލިލީ ގްރޫޕްގެ ފަރާތުންނެވެ.
ލިލީގެ ހުރިހާ ފިހާރަތަކާއި އަގޯރާ އަދި އެސްޓީއޯ ސުޕަރމާޓުންވެސް ސްޓާބަކްސް ކޮފީ މިހާރު ލިބެންހުންނާނެކަމަށް ލިލީ ގުރޫޕުން މައުލޫމާތުދެއެވެ. ސުޓާބަކްސް ކޮފީ ބަންދުކޮށްފައި ހުންނާނީ ބިއްލޫރި ފުޅީގައެވެ. ސްޓާބަކްސް ކޮފީ ގެ އިތުރުން ވެފްލްސް އާއި ނަޓްސް އަދި ޗިޕްސްވެސް މިއަދު ވަނީ ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ.
ރާއްޖޭގައި ކޮފީއަށް ބޮޑު މާކެޓެއް އޮތްކަން ފާހަގަކޮށް ސްޓާބަކްސްގެ އިތުރު އުފެއްދުންތައް ކުރިއަށްއޮތް ތަނުގައިވެސް ރާއްޖޭގެ މާކެޓަށް ނެރޭނެކަމަށް ލިލީ ގުރޫޕުން މައުލޫމާތުދެއެވެ. ސްޓާބަކްސްއަކީ އެމެރިކާގެ އުފެއްދުމެކެވެ. މި ކޮފީއަކީ ސީދާ އެމެރިކާއިން ރާއްޖެ ގެންނަ އުފެއްދުމެކެވެ.