ޚަބަރު

ކެފޭއެއްގައި ހިންގި މާރާމާރީއެއްގައި ޒަޙަމްވި ޒުވާނާ މަރުވެއްޖެ


މާރާމާރީގައި ޒަޚަމްވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި ނަދީމް އަބްދުއްރަހީމް-

ކެފޭއެއްގައި ހިންގި މާރާމާރީއެއްގައި ޒަޙަމްވި ޒުވާނާ މަރުވެއްޖެއެވެ.

އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވީ ހއ. ތަކަންދޫއަށް އުފަން 24 އަހަރުގެ ނަދީމް އަބްދުއްރަހީމްްއެވެ. ބުރާސްފަތި ދުވަހު މާލޭގެ ކެފޭއެއްގައި ހިންގި މިމާރާމާރީގައި އޭނާގެ ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށް މައުލޫމާތުލިބެއެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.