ވިޔަފާރި

އެމްޓީސީސީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ އެމްޓީސީސީގެ ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ ބާވީހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. ފެކްސް އަދި މެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެކަމަށާއި އެ ކުންފުނީގެ ވެބްސައިޓުން ފޯމް ލިބެން ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ ހިންގާ ޤަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން ހަތަރު ޑިރެކްޓަރުން އިންތިހާބުކުރަންޖެހެއެވެ. މި ހަތަރު ޑިރެކްޓަރުން އިންތިހާބުކުރުން މިއަހަރު ބާއްވާ އަހަރީ ޢާންމު ޖަލްސާގައި އޮންނާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.