ޚަބަރު

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޚާއްޞަ ޓީމެއް ތިނަދޫއަށް


ވިއްސާރައިގައި ތިނަދޫއަށް ލިބުނު ގެއްލުންތައް ބަލައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޓީމެއް މިއަދު އެރަށަށް ދާނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

ތިނަދޫ އަށް އައި ކޮޅިގަނޑުގައި މީހުން ދިރިއުޅެމުންދިޔަ 10 ވަރަކަށް ގެއަށް ގެއްލުންވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތުދެއްވައެވެ. އަދި މި ގެއްލުންތައް އޮޅުންފިލުވައި އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިނަދޫ ކައުންސިލާ، އެމް.އެން.ޑީ.އެފް ސަދަރން އޭރިއާ އަދި އަޕަރ ސައުތް ޕޮލިސް ޑިވިޝަން އާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ.