ތަރައްްޤީ

ހުޅުމީދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމިއްޖެ


ރާއްޖޭގެ އެކި ސަރަޙައްދުގައި ޤާއިމުކުރާ، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ތެރެއިން ހުޅުމީދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމިއްޖެއެވެ. img:http://s1.psmnews.mv/images/660x400/14846324438428.jpg|ހުޅުމީދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވީ، ހުޅުމީދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކޮށް ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ވެމްކޯއާ ޙަވާލުކުރައްވައިގެން ހިންގުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންތައް މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. img:http://s4.psmnews.mv/images/660x400/14846324719261.jpg|ހުޅުމީދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ކޮންމެ ގޭބިސީއަކުން އުކާލެވޭ ކުނިތައް ވަކިކޮށް ވެމްކޯއާ ޙަވާލުކުރަންޖެހޭ ގޮތަށެވެ. އަދި ވެމްކޯއިން ކަނޑައަޅާ މުވައްޒަފުންތަކެއް ގޭބިސީތަކަށް ގޮސް އެއްކުރެވޭ ކުނިތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދާގޮތައް ހަމަޖެހިފައިވާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. img:http://s2.psmnews.mv/images/660x400/14846325296221.jpg|ހުޅުމީދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރި ހުޅުމީދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް 1.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.