ޚަބަރު

ހެލްތްގެ ސްޓޭޓް މިނިސްޓަރގެ މަޤާމަށް ދުންޔާ އައްޔަން ކުރައްވައިފި


މިނިސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރގެ މަޤާމަށް ދުންޔާ މައުމޫން އައްޔަން ކުރައްވައިފިއެވެ.

ދުންޔާ މައުމޫނަކީ ކުރީގެ ޚާރިޖީ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެކަމަނާއަކީ ޑރ.ވަހީދުގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.