ޚަބަރު

އާޖެންޓީނާ އާއި ދެކޮޅަށް ސްވިޓްޒަލަންޑްއިން ދެއްކި ކުޅުމަށް ކޯޗުގެ ތައުރީފް


  • ޔާކިން ބުނިގޮތުގައި މިމެޗުގެ ހަގީގީ ބަތަލުންނަކީ ސްވިޓްޒަލަންޑްގެ ކުޅުންތެރިން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ދެކޮޅަށް ސްވިޓްޒަލަންޑްގެ ކުޅުންތެރިން ދެއްކި ކުޅުމަށް އެޓީމުގެ ކޯޗު މުރާތު ޔާކިން ތައުރީފް ކޮށްފިއެވެ.

ޔާކިން އޭނާގެ ޓީމަށް ތައުރީފްކޮށް ވާހަކަ ދައްކާފައިވަނީ އާޖެންޓީނާ އަތުން އިތުރު ވަގުތު ކުޅެ ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޔާކިން ބުނީ އޭނާ އެންމެ ފުރަތަމަ ބޭނުންވަނީ ދުނިޔޭގެ މިހާރުގެ ޗެމްޕިއަން އާއި ދެކޮޅަށް ވޯލްޑް ކަޕްގެ ކްއާޓަރ ފައިނަލްގައި ވާދަކުރި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ކުރަން ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާއިން ލަނޑެއް ޖަހާ ލީޑު ނަގާފައިވަނިކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް ސްވިޓްޒަލަންޑްގެ ކުޅުންތެރިންއެކަން މިމެޗުގައި ކުރި ކަމަށެވެ. އަދި އެވަގުތު މެޗުގެ އޮއެވަރު އޮތީ އެޓީމާއި އެއް ކޮޅަށް ކަމުން އިތުރު ބަދަލުތަކެއް ނެގެސް އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަން ބޭނުންވި ކަމަށާއި ނަމަވެސް ދެން ފެނިގެންދިޔައީ ރަތް ކާޑު ކަމަށެވެ.

ސްވިޓްޒަލަންޑްގެ ކޯޗު ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިޔާއަށް ރަތް ކާޑު ދެއްކީ މިފަހަރު ތައާރަފްކުރި އާގަވައިދެއްގެ ދަށުން ކަމަށާއި އަދި އެއީ އެއްވެސް ގޮތަކަށް އޭނާއަށް ގަބޫލް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އޭނާއަށް އެގަވައިދު އެއްވެސް ގޮތަކަށް ނުވިސްނޭކަމަށާއި މިމެޗުގައި މިގޮތަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހުމުން ވަރަށް އަސަރު ކުރި ކަމަށެވެ. އަދި މިއަދު މިމެޗުން ސްވިޓްޒަލަންޑް ބަލިވާން ހައްގު ނޫން ކަމަށްވެސް ޔާކިން ބުންޏެވެ. އަދި އޭނާ ގަބޫލް ކުރާގޮތުގައި މިމެޗުގެ ހަގީގީ ބަތަލުންނަނީ އޭނާގެ ކުޅުންތެރިން ކަމަށްވެސް ސްވިޓްޒަލަންޑްގެ ކޯޗު ބުންޏެވެ. މިމެޗުގައި ސްވިޓްޒަލަންޑްގެ ކުޅުންތެރިންވަނީ އެންމެ ފަހު ވަގުތާއި ޖެހެންދެން ވަރަށް ހިތްވަރާއެކު މަސައްކަތް ކޮށްފަ ކަމަށާއި މިމެޗުގައި އެކުޅުންތެރިން ދެއްކި ކުޅުމާއި މެދު އޭނާ ފަހުރުވެރިވާކަމަށް ޔާކިން ބުންޏެވެ.

ސްވިޓްޒަލަންޑްގެ ކޯޗު ބުނީ ރަތް ކާޑު ދެއްކި ހާދިސާގައި ރެފްރީއަށް ނިންމުނީ ގޯސް ނިންމުމެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް ރީނދޫ ކަޑު ދައްކަން ޖެހޭ ވަރުގެ ފައުލެއްވެސް ނޫން ކަމަށެވެ. އޭނާ ބުނީ އެފަދަ އެތައް ފައުލެއް މިމެޗުގައި ފެނިގެން ދިޔަ ކަމަށާއި ނަމަވެސް ރެފްރީ ކާޑު ނުދައްކާ ކަމަށެވެ. ރެފްރީއަށް އެކާޑު އޮޅިގެން ދެއްކުމާއެކު ވެގެންދިޔަގޮތް އެއޮތީ އެންމެންނަށް ފެންނަންކަމަށްވެސް ޔާކިން ބުންޏެވެ. ނަމަވެސް މިކަމުގައިވެސް ފީފާއިން ރެފްރީ ދިފާއުކޮށް ވާހަކަ ދައްކާނެކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން އެކާޑުގެ ސަބަބުން މިމުބާރާތަށް އަލްވަދާއު ކިޔަން ޖެހުން އެއީ ބަލައިގަންނަން ވަރަށް ހިތްދަތި ކަމެއްގެ ގޮތުގައި ޔާކިން ފާހަގަ ކުރިއެވެ. ނަމަވެސް މިކަން ގަބޫލް ކުރުން ނޫން ގޮތެއް ނޯންނާނެކަމަށްވެސް އޭނާ އެއްބަސްވިއެވެ. އެހެން ކަމުން މިފަހަރުގެ ވޯލްޑް ކަޕްގައި ސްވިޓްޒަލަންޑް އިން ދެއްކި ކުޅުމާއި މެދު މުޅި ޓީމުވެސް ފަހުރުވެރިވާކަމަށް ސްވިޓްޒަލަންޑްގެ ކޯޗު ބުންޏެވެ.