ޚަބަރު

15 ހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި


  • ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން

  • ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި 3 އޮޕަރޭޝަން ހިންގި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

މިއީ ވޭޕްއާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓެކެވެ. ކަސްޓަމްސްއިން ވިދާޅުވީ، ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރި ކަމަށް ޝައްކުކުރެވޭތީ، ޖޫން 18 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި 3 އޮޕަރޭޝަން ހިންގާފައިވާއިރު، ޖުމްލަ 22،309 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވެއެވެ. ކަސްޓަމްސްއިން ދަނީ، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.