ދިވެހިންނަކީ ހުނަރުވެރި އަދި އެ ހުނަރު ވިއްކައިގެން އާމްދަނީވެސް ހޯދަން ދަންނަ ބައެކެވެ. ނަމަވެސް މި ހުނަރުތަކުގެ ނަތީޖާ ހޯދުމަށް ބައިނަލްއަޤްވާމީ މާކެޓުން ބައެއް ކަށަވަރުކުރުން ވަނީ މުހިންމުވެފައެވެ. މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ބޭރުން ލިބޭ ޑޮލަރު އަތަށް އެރުމަށް އޮންނަ ހުރަސްތަކެވެ. ޕޭޕަލް ގެނެސްދެނީ މިކަމުގެ ހައްލެވެ.
ޕޭޕަލްގެ ޚިދުމަތް ދިވެހިރާއްޖެއަށް ތަޢާރަފްކުރުމުގެ ވާހަކަ ދެކެވޭތާ ޒަމާންތަކެއް ވެއްޖެއެވެ. ޕޭޕަލް ޚިދުމަތް ރާއްޖެ އައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ހުރަހަކީ ނިޒާމީ ގޮތުން ހުރި ގޮންޖެހުންތަކާއި މާކެޓު ސައިޒެވެ. ކުދި އާބާދީއަކަށް ޚިދުމަތް ދިނުން މުހިންމު ނުވީއެވެ. ނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި މިކަން ހިމަނުއްވަވާ ވެރިކަމަށް އައިސް މިކަން ފެއްޓެވީ މި ތަޞައްވުރު ބަދަލު ކުރުމަށެވެ.
މިއަދު ދިވެހިން އޭގެ ފޮނި މީރުކަން ހޯދާފައިވާ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް އަބަދުވެސް ލިބެއެވެ. ޕޭޕަލް އެކައުންޓު މެދުވެރިކޮށް ދިވެހިންނަށް މުދަލާ ޚިދުމަތަށް ފައިސާވެސް ދެއްކެވެ. ނަމަވެސް ނުވެ އޮތް ކަމަކީ އިންވާޑް ރެމިޓެންސް ނުވަތަ ޕޭޕަލް އެކައުންޓަށް ބޭރުން ފައިސާ ވެއްދުމެވެ.
Ambassador @aghafoormohamed was pleased to welcome Minister @em_saeed to Washington, DC, for the 3rd round of Maldives - US Trade and Investment Framework Agreement (TIFA) talks, along with a number of other engagements with the US public and private sector aimed at enhancing… pic.twitter.com/2B4uQfrGVq
— Maldives in USA (@MDVinUSA) July 10, 2024
ތާރިޚަށް ބަލާނަމަ ސަރުކާރު ހަވާލުވުމަށް ފަހު މިކަމަށް ވާންޖެހޭ ތައްޔާރީތަކާއި މަޝްވަރާތައް ދިވެހި ސަރުކާރުން ފެށިއެވެ. 2024 ވަނަ އަހަރު މެއި މަހު މިމަސައްކަތް ފެށިގެން ކުރިއަށްދާކަން ސަރުކާރުން އިއުލާންކުރެއްވިއެވެ. އަދި ސަރުކާރުގެ އިސް ވަފުދެއް އެމެރިކާއަށް ދަތުރުކޮށް އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެކަން ހާމަކުރެއްވިއެވެ.
އެއަހަރުގެ ޖުލައި މަހު، އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު އިސްވެ ހުންނަވާ ސަރުކާރުންވަނީ އެމެރިކާގައި ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓް ކައުންސިލުގެ3 ވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އެއް ކަމަކީ ޑިޖިޓަލް ވޮލެޓްތަކުގެ ޚިދުމަތް ރާއްޖެއަށް ގެނައުމެވެ. އެ ދަތުރު ވެގެންދިޔައީ ފުރަތަމަ ފަހަރަށް އެމެރިކާގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއާއެކު އިންވެސްޓްމެންޓް ރައުންޑް ޓޭބަލް ބޭއްވުނު ފުރަތަމަ ފަހަރަށެވެ.
ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން، ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންވަނީ އެމެރިކާ ސަރުކާރާއި ވިޔަފާރީގެ އެކި މަޝްވަރާގެ މަންސަތަކުގެ ތެރެއިން މި ކަމާއި ގުޅޭ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައެވެ.
Had an important discussion w/PayPal’s President for Global Marketing to help 🇲🇻 e-commerce to overcome the difficulty of receiving payments through PayPal.
— Mohamed Saeed (@em_saeed) August 22, 2024
We attach great importance to achieve this objective as envisioned by HEP @MMuizzu pic.twitter.com/5gNtfAea60
އެގޮތުން 2024 އޯގަސްޓް މަހު ޕޭޕަލްގެ އިސްވެރިންނާއެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވިފައިވެއެވެ. މިކަމާއި ގުޅޭ ފުރިހަމަ ޕްރޮޕޯސަލެއްވެސް ސަރުކާރުން ސެޕްޓެންބަރު މަހު ހުށަހަޅާފައިވެއެވެ. ސަރުކާރުގެ އަމާޒަކަށްވީ މިކަން ކުރުމަށް ހުރި ނިޒާމީ ހުރަސްތައް ނައްތާލުމެވެ. ނަމަވެސް ސަރުކާރަކީ ޚިދުމަތް ފޯރުކޮށްދޭ ބައެއް ނޫނެވެ.
ޕޭޕަލްގެ އިންވާޑް ރެމިޓެންސް ޚިދުމަތް ރާއްޖެއަށް ލިބިގެން ދިޔައީ އުރީދޫގެ އެމްފައިސާ މެދުވެރިވެއެވެ. އުރީދޫން ވިދާޅުވީ މިއީ އެކުންފުނިން 3 އަހަރު ވަންދެން ކުރަމުން އައި މަސައްކަތުގެ ނަތީޖާ ކަމަށެވެ. މިކަމުގައި ފަންނީ ގިނަ މަސައްކަތްތަކެއް އެކުންފުނިން ކޮށްފައިވާއިރު، އެންމެ ބޮޑު ގޮންޖެހުމެއް އޮތީ ޕޭޕަލްގެ މިންގަނޑުތަކަށް ތަބާވާ ގޮތަށް ޚިދުމަތުގެ ނިޒާމު ހަމަޖެއްސުމެވެ.
ސަރުކާރުގެ މަސައްކަތާއެކު ނިޒާމީ ހުރަސްތައް ގިރާކުރަމުން ގޮސް މަގުކޮށިގެން ދިޔައީ އުރީދޫ ފިންޓެކްގެ މަސައްކަތްތަކަށެވެ. އުރީދޫން ދެކޭ ގޮތުގައި މިއީ ސަރުކާރުގެ މޯލްޑިވްސް 2.0 ސިޔާސަތާއި އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ތަޞައްވުރާއި ގުޅިލާމެހިގެންދާ ބޮޑު ކުރިއެރުމެކެވެ.
މީގެ އެންމެ މުހިންމު ކަމަކީ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެމްފައިސާ އެކައުންޓެއް ހުޅުވޭ ކަމެވެ. އަދި އެ މީހެއްގެ ޕޭޕަލް އެކައުންޓް އެމްފައިސާ އެކައުންޓާއި ލިންކް ކޮށްލުމުން ފައިސާގެ މުޢާމަލާތްތައް ކުރިއަށްގެންދެވޭނެއެވެ. ދުވާލެއްގެ މައްޗަށް 3000 ޑޮލަރަށް މުޢާމަލާތްތައް ލިމިޓް ވިނަމަވެސް އުރީދޫން ވަނީ އެކުންފުނިން މަސައްކަތް ކުރާނީ އެމްއެމްއޭގެ ޤަވާއިދުތަކާއި އުސޫލްތަކުގެ ތެރެއިން އަދި ޕޭޕަލްގެ މިންގަނޑުތަކުގެ ތެރެއިންކަމުގެ ޔަޤީންކަން ދީފައެވެ. މި ޚިދުމަތް ބޭނުންކުރުމަށް އުރީދޫ ސުޕަރ އެޕް ބޭނުން ކުރެވޭނެއެވެ. އަދި އެމްފައިސާ އެކައުންޓުން ބޭންކް އެކައުންޓަށް ވަގުތުން ޖަމާކޮށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގޭނެ ކަމަށް އުރީދޫން ފާހަގަކުރެއެވެ.
Link your PayPal account to #mFaisaa in just a few simple steps and start receiving USD payments and managing your funds with ease.
— mFaisaa (@mFaisaaMv) June 16, 2026
👉 https://t.co/cFgo6k2MRs#mFaisaaxPayPal pic.twitter.com/qYal0MnGNF
މި ހުޅުވިގެން ދިޔަ ދޮރަކީ، ހަމައެކަނި ޒުވާނުންނަށް އޮތް ފުރުސަތެއް ނޫނެވެ. ދުނިޔޭގެ މާލީ މުޢާމަލާތްތަކާ ގުޅާލަދޭ މި ޚިދުމަތުގެ ސަބަބުން، ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ކުދި ވިޔަފާރިތަކަށް ރާއްޖޭގެ ބާޒާރުން ބޭރަށް ފުރުޞަތުތައް ފުޅާކުރުމުގެ ބާރު ލިބިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ކަސްޓަމަރުންގެ އަތުން ޑޮލަރުން ލިބޭ ފައިސާ އެ ފަރާތްތަކުގެ ޕޭޕަލް އެކައުންޓަށް ހޯދުމަށާއި، ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި އިތުބާރާއެކު ހަރަކާތްތެރިވުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިކަމުން ހާމަވަނީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ފަހި އަދި އިތުބާރު ހުރި މާޙައުލެއް އޮތް ޤައުމެއްކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހިން ފައިހަމަ ކުރުމަށް ލިބިގެން ދިޔަ އެންމެ ބޮޑު ކާމިޔާބީއެވެ. ސަރުކާރުން ވަނީ މުސްތަޤުބަލުގައިވެސް ޕޭޕަލް ފަދަ އިތުރު ޚިދުމަތްތައް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.