ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު މިލިޔަނަކާ ގާތަށް


  • މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %4.5 އިތުރު އަދަދެއް

  • 694،411 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިޔަނަކާ ގާތްވެއްޖެއެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 994،901 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %4.9 ދަށް އަދަދެކެވެ. ނަމަވެސް މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %4.5 އިތުރު އަދަދެކެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 980،054 ފަތުރުވެރިން އައީ ވައިގެމަގުންނެވެ. އަދި 14،847 ފަތުރުވެރިން އައިސްފައިވަނީ ކަނޑުމަގުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:

ޗައިނާ: 153،790 ފަތުރުވެރިން
ރަޝީއާ: 136،495 ފަތުރުވެރިން
އިނގިރޭސިވިލާތް: 82،850 ފަތުރުވެރިން
އިޓަލީވިލާތް: 70،888 ފަތުރުވެރިން
ޖަރުމަނުވިލާތް: 64،075 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 694،411 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 231،189 ފަތުރުވެރިން އަދި ހޮޓެލްތަކުގައި 24،321 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1286 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،468 އަށް އަރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.