ޚަބަރު

ކުރީގެ މެންބަރު މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން މަޖިލީހުގައި ސުކޫތެއް


  • ރާމިޒް އަވާހަރަވީ މެއި މަހުގެ 9ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުޙައްމަދު ރާމިޒްގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މަރުޙޫމް މުޙައްމަދު ރާމިޒްގެ އާއިލާއަށް މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ރިޔާސަތުން ވިދާޅުވިއެވެ.

ރާމިޒު އަވަހާރަވީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ރާމިޒުގެ އުމުރުމުފުޅަކީ 74 އަހަރެވެ.

ރާމިޒަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ގއ. އަތޮޅު މެންބަރުގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ރާމިޒަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައިވެސް ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ.