މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އަވަސް ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ.
"ތުރުކިޔޭސް ރޯޑް ޓު ކޮޕް31 : ރިޒިލިއަންޓް ސިޓީސް"ގެ މަތީފަންތީގެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި ކާރިސީ ޙާލަތަށްފަހުން އެޙާލަތުން އަރައިގަތުމަށްކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ޤައުމުތަކުގެ ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ލީޑަރުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވަނީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޤައުމުތަކުން ކުރާ މަސައްކަތް އިތުރަށް އަވަސްކޮށް، ހަރުދަނާކުރުމަށާއި، މޫސުމީ ބަދަލުތަކާއި ދެކޮޅަށް އަންނަ އީޖާދީ ބަދަލުތަކަށް އެއްބާރުލުންދިނުމަށް ގޮވާލައްވާފައެވެ. އަދި މިއަހަރު ތުރުކީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތިމަވެށީގެ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ ކޮޕް31 ސަމިޓުގައި ތުރުކީއިން އަދާކުރާ ދައުރަށް ރައްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާޢީދު އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
Minister Ali Shareef held a bilateral meeting Ms. Anacláudia Rossbach, Executive Director of UN-HABITAT, on the sidelines of Türkiye’s Road to COP31: Resilient Cities.
— Min. of Climate Change, Environment and Energy, MV (@MoEnvmv) May 8, 2026
He spoke on enhancing collaboration between Maldives and UN HABITAT, particularly regarding a joint climate… pic.twitter.com/wTw2PzpCZS
ވަޒީރު ވަނީ މިބައްދަލުވުމުގެ ހަވާސާގައި، ޔޫއެން ހިއުމަންޓް ސެޓްލްމަންޓް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ އަނަކްލައުޑިއާއާއި ބައްދަލުކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ފޯރުކޮށްދޭ މާލީއެހީއަށް ރާއްޖެއިން ހުށައަޅާ ކަންތައްތައް އެޑަޕްޓޭޝަން ފަންޑުގައި ހިމެނުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ވަޒީރުވަނީ ބުރުނެއީގެ މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް މުޙައްމަދު ޖުއަންދާ އާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރއްވުމުގައި ކުރިއަށްއޮތް ކޮޕް ސަމިޓާއި ދިމާކޮށް ދެޤައުމުން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ހަމައެއާއެކު ވަޒީރުވަނީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް، ޢަބްދުލް އަވަލް މިންޓޫއާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުގައި ސަރަޙައްދީ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކާއި މޫސުމީ ބަދަލުތަކާއެކު ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.