ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ޖޫން މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެދެރަށުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިލަތިލުމަށް ހުޅުވާލި މުއްދަތުގައި ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާ ހަމައަށް އޮންލައިންކޮށް ފޯމު ހުށައެޅޭނެކަމަށެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން އިރުއޮއްސި 18:00 ޖެހުމާ ހަމައަށެވެ.
ސަލްޓަންޕާކު މަރާމާތުކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދުކުރުން
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) May 3, 2026
އިއުލާނު: https://t.co/x3PHWgQJVZ pic.twitter.com/EXAIFDrEGC
މި ރަށްތަކުގައި އިންތިޚާބުކުރަންޖެހޭ މަޤާމުތަކުގެ ތެރޭގައި ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުން ހިމެނެއެވެ. އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއް މެންބަރު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ދެ މެންބަރުން ހިމެނެއެވެ.
ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޖޫން މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖޫން 22 ވާ ހޯމަ ދުވަހުގައެވެ.