ޚަބަރު

ދިރާގުގެ ހިއްސާއަކަށް 8.70ރ ބަހަން ފާސްކޮށްފި


  • މިގޮތައް ފާސްކުރީ އެ ކުންފުނީގެ 37ވަނަ އަހަރީ އާންމު ޖަލްސާގައި

  • 2025ވަނަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބުނު

ދިރާގުގެ ހިއްސާއަކަށް 8.70 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މިގޮތައް ފާސްކޮށްފައިވަނީ އެ ކުންފުނީގެ 37ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

މިއަހަރުގެ ދިރާގުގެ އަހަރީ އާންމު ޖަލްސާގައި 74،240،990 ހިއްސާ ތަމްސީލުކުރާ ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. އަހަރީ އާންމު ޖަލްސާގައި ވަނީ 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ބެހުމަށް ހިއްސާދާރުންގެ ވޯޓުން ފާސްކޮށްފައެވެ. މީގެ ތެރޭގައި، 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނެއެވެ.

2025 ވަނަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %1.8 އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ހިތުމަތްތައް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަރޕްރައިސް ސެގްމަންޓްގެ ޕަރފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ދިރާގަށް އާމްދަނީގެ ގޮތުގައި %1.9ގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 949 މިލިއަން ރުފިޔާ ހޯދައި، 2024 އަށް ވުރެ %0.4 ގެ ކުރިއެރުމެއް ވަނީ ހޯދައިފައެވެ.