ހުޅުމާލެ ފޭސް 2 ގެ ބްރިޖް މަތީގައި ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު ބްރިޖްގައި މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 02:43 އެހައިކަންހާއިރު ކަމަށެވެ.
އަދި މި އެކްސިޑެންޓްގެ ބާރުގަދަކަމުން އޭގެ ތެރެއިން އެއް ކާރު ވަނީ މަގުމައްޗަށް ފުރޮޅާލައިފައިވާކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަަށް ފުލުހުން މައުލޫމާތުދެއްވައެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަހުޤީގުކޮށް މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.