ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާއި ގުޅިގެން ކެމްޕޭންކުރުމުގެ ވަގުތު ހަމަވެއްޖެއެވެ. ވޯޓު ލާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6 އަށް ކެމްޕޭން ވަގުތު ހަމަވާނެކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕޭން ވަގުތު މިހާރުވަނީ ހަމަވެފައެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ތާއީދު ހޯދުމަށް ހުކުރު ދުވަހުގެ 6 އިން ފެށިގެން ވޯޓުލުމުގެ އެންމެހާ ކަންކަން ނިމެންދެން ކެމްޕޭންކުރުމަކީ، އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނުގެ ދަށުން މަނާކަމެކެވެ. އެހެންކަމުން ހުކުރު ދުވަހުގެ އިރުއޮއްސި 6 އިން އާދިއްޔަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް ތާއީދު ހޯދުމަށް، ކެމްޕޭންގެ ހަރަކާތްތައް މަނާވާނެއެވެ.
— Elections Commission (@ElectionsMv) April 3, 2026
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާނެއެވެ. އަދި މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް 3 ވޯޓަށް، ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައި ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.