ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖަނަވަރީ މަހުގެ ނިޔަލަށް 15200 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 6410 އަންހެނުންނާއި، 8826 ފިރިހެނުން ހިމެނޭ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެންސްޕާއިން ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 15236 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެތެރޭގައި ހިމެނެނީ 6410 އަންހެނުންނާއި، 8826 ފިރިހެނުންނެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ ޖުމްލަ 5160 ކުދިން ރަޖިސްޓްރީވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 1563 އަންހެން ކުދިންނާއި، 3539 ފިރިހެން ކުދިންނެވެ.
މި މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި، 18 އަހަރާއި، 64 އަހަރާ ދެމެދުގެ ޖުމްލަ 7697 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ، 3744 އަންހެނުންނާއި، 3953 ފިރިހެނުންނެވެ.
ޖަނަވަރީ މަހުގެ ނިޔަލަށް 65 އަހަރުން މަތީގެ ޖުމްލަ 1103 އަންހެނުންނާއި، 1276 ފިރިހެނުން ރަޖިސްޓްރީވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއާއެކު މި މުއްދަތުގައި 65 އަހަރުން މަތީގެ 2379 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޖުމުލަ 16.9 މިލިޔަން ރުފިޔާ އެންސްޕާއިން ޚަރަދުކޮށްފަވެއެވެ. ވަކިވަކި ތެރްޕީތަކަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ޖަނަވަރީ މަހު ކޮށްފަވަނީ ބިހޭވިއަރ ތެރަޕީއަށެވެ.
ޖަނަވަރީ 2026 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ކުރެވިފައިވާ ގޮތުގެ ތަފްސީލް. (ތެރަޕީގެ ބާވަތުން)
— NSPA (@NSPAmaldives) February 24, 2026
ޖަނަވަރީ 2026 pic.twitter.com/zLGIK7MExa
ތެރަޕީގެ ފަރުވާއަށް ކޮށްފައިވާ ޚަރަދުތައް:
• ބިހޭވިއަރަލް ތެރަޕީ: 340 ފަރާތެއް – 4.9 މިލިޔަން ރުފިޔާ
• އޮކިއުޕޭޝަނަލް ތެރަޕީ: 323 ފަރާތެއް – 4.6 މިލިޔަން ރުފިޔާ
• ސްޕީޗް ތެރަޕީއަށް: 332 ފަރާތެއް – 4.3 މިލިޔަން ރުފިޔާ
• އެޑިއުކޭޝަނަލް ތެރަޕީ: 216 ފަރާތެއް – 2.4 މިލިޔަން ރުފިޔާ
• ފިޒިއޯތެރަޕީއަށް: 25 ފަރާތެއް – 471،492 ރުފިޔާ
• ސައިކޯ ތެރަޕީ: 18 ފަރާތެއް – 75،600 ރުފިޔާ
• އަރލީ އިންޓަވެންޝަންއަށް: 4 ކުދިން – 23،100 ރުފިޔާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.