ކ.ގުރައިދޫގައި މުޅިން އައު ސްކޫލެއް ޢިމާރާތް ކުރުމާއެކު އިތުރު 28 ސްކޫލަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފައްޓަވައިފިއެވެ.
ތަޢުލީމީ ވުޒާރާގެ ފަރާތުން މިމަޝްރޫޢުގެ މަސައްކަތްތައް ޙަވާލުކޮށްފައިވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ. މިމަޝްރޫޢުތައް ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން 576 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
ތަޢުލީމީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި 29 ސްކޫލަށް ބޭނުންވާ ޢުމްރާނީ މަސައްކަތްތައް ވަނީ ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައެވެ. އެގޮތުން ކ. ގުރައިދޫގައި މުޅިން އައު ސްކޫލެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިތުރު 28 ސްކޫލަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ 115 ކްލާސްރޫމާއި، 19 މަލްޓިޕާރޕަސް ހޯލު ތަރައްޤީ ކުރުމާއި، ސްކޫލުތަކަށް ބޭނުންވާ އިތުރު ޢުމްރާނީ ވަޞީލަތްތަކުގެ ގޮތުގައި ހިމެނޭ 219 ފެސިލިޓީއެއް ޤާއިމުކުރުމަށް ޙަވާލުކޮށްފައިވާ ކަމަށެވެ.
ކޮނޑޭ ސްކޫލް
ފިއްލަދޫ ސްކޫލް
މުރައިދޫ ސްކޫލް
ރަސްމާދޫ ސްކޫލް
ކިނޮޅަހު ސްކޫލް
ގއ.މާމެންދޫ ސްކޫލް
ހއ.ތަކަންދޫ ޝަހީދު ޢަލީ ތަކުރުފާނު ސްކޫލް
ވަށަފަރު ސްކޫލް
މަޑުއްވަރީ ސްކޫލް
ވާދޫ ސްކޫލް
އަނގޮޅިތީމު ސްކޫލް
ރިނބުދޫ ސްކޫލް
ހުޅުދެލި ސްކޫލް
ދާންދޫ ސްކޫލް
ގެމަނަފުށީ ސްކޫލް
ނަޑެއްލާ ސްކޫލް
މަޑަވެލި ސްކޫލް
ގއ.ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލް
ރަތަފަންދޫ ސްކޫލް
އުލިގަމު ސްކޫލް
އިހަވަންދޫ ސްކޫލް
ހުޅުދުއްފާރު ސްކޫލް
ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ގާފަރު ސްކޫލް
ގުރައިދޫ ސްކޫލް
އުލިގަމު ސްކޫލް
އިހަވަންދޫ ސްކޫލް
ހުޅުދުއްފާރު ސްކޫލް
ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ގާފަރު ސްކޫލް
ގުރައިދޫ ސްކޫލް
އިންނަމާދޫ ސްކޫލް
ފިޔޯރީ ސްކޫލް
ށ.ފޭދޫ ސްކޫލް
ދަރަނބޫދޫ ސްކޫލް
ސްކޫލްތަކަށް ޢުމްރާނީގޮތުން ބޭނުންވާ ވަޞީލަތްތަކާއި، އެހެނިހެން ވަޞީލަތްތައް ހަމަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތްތަކުގެ ދަށުން މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 90 މިލިއަން ރުފިޔާގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ރާއްޖޭގެ ތަޢުލީމީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ވަޞީލަތް ހަމަކުރުމާއި، ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.