އައްޑޫ ސިޓީ ފޭދޫއިން ގެއްލިގެން ހޯދަމުންދިޔަ ޙައްވާ ރާއިދާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ ބަޔަކަށްކަމަށެވެ. ސ.ފޭދޫ ހަމްދަރުދީ ޢުމުރުން 19 އަހަރުގެ ޙައްވާ ރާއިދާ މުނީރު ދިޔަތަނެއް ނޭނގި ގެއްލިގެން ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 14:52ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.
ގެއްލިގެން ހޯދަމުންދިޔަ ޙައްވާ ރާއިދާ މުނީރު މިހާރު ވަނީ ފެނިފައި. އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންގެ ބަޔަކަށް. https://t.co/E8DCTBuIup
— Maldives Police (@PoliceMv) January 8, 2026
އޭނާ މިހާރު ފެނިފައިވާއިރު މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.