ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން ޙުސައިން ރިޟާ އާދަމް އިސްތިއުފާދެއްވައިފިއެވެ.
ރިޟާ ޖޭއެސްސީގައި އިންނަވަނީ އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުގެ ގޮތުގައެވެ. ރިޟާއަކީ މާފުށީ ދާއިރާގެ މެންބަރެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖޭއެސްސީން ވިދާޅުވީ، އެ ކޮމިޝަންގެ މެންބަރުކަމާއި ރައީސްކަމުން ރިޟާ އިސްތިއުފާދެއްވިކަން އަންގަވާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަންގަވާފައިނުވާކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއްވިއެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ރިޟާ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރީ ޖޫން މަހުގެ 12 ވަަނަ ދުވަހުއެވެ.
ޖޭއެސްސީގައި ޖުމުލަ ތިއްބަވަނީ 10 މެންބަރުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން މެންބަރުކަމުގެ މަޤާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިޝަނަށް ޢައްޔަންކުރި ފަރާތުން އެ މަޤާމަށް މީހަކު އަލުން ޢައްޔަންކުރަންޖެހޭނެއެވެ.